ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 23:44
ރިވެލި ފޯރަމް 2022 ގެ ތެރެއިން
ރިވެލި ފޯރަމް 2022 ގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
ރިވެލި ފޯރަމް 2022
ރިވެލި ފޯރަމް 2022 ބާއްވައިފި
ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އެއް ދުވަހުގެ މުއްދަތަށް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަފާތު ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމާއި އެފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެތުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ‘ރިވެލި ފޯރަމް 2022’ ބާއްވައިފިއެވެ.

އެއް ދުވަހުގެ މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ.  

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، އެފަރާތްތައް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ދެމެހެއްޓެނެވި ގޮތަކަށް ހަރުދަނާ ކުރުމަށްޓަކައި ބާއްވާފައިވާ މި ފޯރަމްގެ މައިގަނޑު މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންނަށް ތަފާތު ދާއިރާތަކުން ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި ދިނުމާއި، އަދި އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފަސޭހަކަމާއިއެކު ތަފާތު ކުރުމެއްނެތި ލިބޭނެ އިންތިޒާމްތައް މަގުފަހިކޮށްދިނުމެވެ.

ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި، އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމާއި، އެފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީން އަދި އެހެނިހެން ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފޯރުކޮށްދިނުމުގެ މުހިންމުކަން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި މަޝްވަރާ ކުރެވިގެންދިޔަ ބައިތަކަކީ ރަސްމީ ތަޢުލީމު ފެށުމުގެ ކުރިން، ނުކުޅެދުންތެރިކަން ހުރިކަން ދެނެގަނެވޭނެ ނިޒާމެއް އެކުލަވާލުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ތަޢުލީމް އަދި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، މުޖުތަމަޢުގެ މުހިންމު ހިއްސާއަކަށް ހެދުމާއި އަދި ދޮށީ އުމުރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މި ފޯރަމްއިން ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެވިފައިވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް