Advertisement
ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 18:56
މިނިސްޓަރު ފައްޔާޒު
މިނިސްޓަރު ފައްޔާޒު
ރާއްޖެއެމްވީ
ޓްރާންސްޝިޕްމަންޓް ބަނދަރު
ޓްރާންސްޝިޕްމަންޓް ބަނދަރާއެކު އުތުރުގައި ތަފާތު ސިނާއަތްތައް ކުރިއަރައި، ވަޒީފާގެ ފުރުސަތު ފަހިވާނެ: ފައްޔާޒު
މި ސަރުކާރުން ޓްރާންސްޝިޕްމަންޓް ބަނދަރުގެ ބިންގާ އަޅާނެކަމަށް ވިދާޅުވި
މި މަސައްކަތް ކުރިއަށްގެންދާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން
ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަނީ އިހަވަންދިއްޕޮޅުގައި

އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރާއެކު އުތުރުގައި އެކި ސިނާއަތްތައް ކުރިއަރައި, ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ ޓްރާންސްޝިޕްމަންޓް ބަދަރަކީ ކުރީގެ ސަރުކާރުތަކުން ކުރިއަށްގެންދަން ބޭނުންވި، އެހެންނަމަވެސް ނުގެންދެވި ހުރި މަޝްރޫއެއް ކަމަށެވެ. ކުރިން ހަދާފައިވާ ހިސާބުތަކުންނާއި މިހާރު ހަދާފައިވާ ހިސާބުތަކުން މި ޕްރޮޖެކްޓް ކާމިޔާބު ނުވާނެ ކަމަށް ދެއްކި ނަމަވެސް މި ސަރުކާރުން އެ ޕްރޮޖެކްޓުގެ ބިންގާ އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާބުތަކުން ކާމިޔާބުވާނެ ޕްރޮޖެކްޓެއް ކަމަށް ނުދެއްކިނަމަވެސް އެކަން ކާމިޔާބު ކުރުމަށް ސަރުކާރުން މޮޑެލްއެއް ހަދަމުންދާ ކަން ވެސް ފައްޔަޒު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރިއަށްގެންދާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

މި މަޝްރޫއަކީ ރާއްޖެއަށް، އަދި ޚާއްސަކޮށް އުތުރުގައި އިތުރު ސިނާއަތްތައް އުފެދޭނެ މަޝްރޫއެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކަށް ބޮޑު ސިނާއަތެއް ގާއިމްކުރެވޭނެ ގޮތްތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ޓްރާންސްޝިޕްމަންޓް ބަނދަރާއެކު އުފެދޭ ސިނާއަތްތަކަކީ މުސްތަގުބަލުގައި ފައިދާކުރާނެ ސިނާއަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގުމަށް އިހަވަންދިއްޕޮޅު ޚިޔާރުކުރި ސަބަބު ހާމަކުރައްވައި ފައްޔާޒު ވިދާޅުވީ، އެއީ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިންގ ރޫޓްތަކާ ވަރަށް ކައިރި ސަރަހައްދެއް ކަމަށްވާތީ ކަމަށެވެ. އަދި އެ ސަރަހައްދަކީ މިފަދަ ބަނދަރެއް ގާއިމްކުރުމަށް އެކަށީގެންވާ ސަރަހައްދެއްކަމުގައި ދިރާސާތަކުން ދައްކާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވަނީ މިއީ މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާ ކުރާނެ ޕްރޮޖެކްޓެއްކަމަށާއި މީގެ ސަބަބުން އުތުރުގައި އިގްތިސާދީ ވަރުގަދަ ހަބެއް ގާއިމުވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް