Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 18:17
މި ރޯދަމަހު މާލޭގެ މަގުތަކުގައި ކުނި ބެހެއްޓުން ވަނީ އާއްމުވެފައި
މި ރޯދަމަހު މާލޭގެ މަގުތަކުގައި ކުނި ބެހެއްޓުން ވަނީ އާއްމުވެފައި
މުހައްމަދު ޝަރުހާން
ވޯލްޑް ބޭންކު
ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!
މި ފައިސާގެ އެހީ ރާއްޖެއަށް ދިނުމަށް  ނިންމީ ވޯލްޑް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން
މި އެހީއަކީ، ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ކުނި މެނޭޖްކުރަން ދޭ އެހީއެއް

ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

 

އެ ބޭންކުން ހުކުރުދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ފައިސާގެ އެހީ ރާއްޖެއަށް ދިނުމަށް  ނިންމީ ވޯލްޑް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުންކަމަށެވެ.

 

ވޯލްޑް ބޭންކުން ބުނެފައިވަނީ، މި އެހީއަކީ، ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ކުނި މެނޭޖްކުރަން ދޭ އެހީއެއްކަމަށެވެ. އަދި މި ފައިސާ ބޭނުން ކުރާނީ ހަ އަހަރުގެ މުއްދަތަކަށް، ތިމާވެށްޓާ ރަށްޓެހި ގޮތަށް ކުނި ނައްތާލުމަށް ހޭދަ ކުރުމަށްކަމަށް ބުނެފައިވެއެވެ.

 

ނަމަވެސް އެހީގެ ފައިސާ ހަރަދު ކުރަނީ ކޮން ސަރަހައްދުތަކަކަށް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް