Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 16:27
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަން
ސިންކްރޮނައިޒް ޕެނަލް 24 ރަށަކަށް ފޮނުވައިފިން: ފެނަކަ
ފެނައިކައިން 148 ރަށަކަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭ
ސިންކްރޮނައިޒް ޕެނަލް ބޭނުންވާ އަދި 49 ރަށް އެބައޮތް
24 ޕެނަލްގެ އަގަކީ 20 މިލިއަން ރުފިޔާ

ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓްގެ ހިދްމަތް ދެމުންދާ ބްރާންޗުތައް ހިމެނޭ ރަށްރަށުގެ ކަރަންޓް ވިއުގަރ ވަރުގަދަކޮށް، ކޭބަލް ނެޓްވޯރކް ހަރުދަނާކޮށް ހިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގަމުންދާ މަޝްރޫއެއްގެ ތެރެއިން 24 ރަށެއްގައި ސިންކްރޮނައިޒް ޕެނަލް ބެހެއްޓުމަށްޓަކައި އެ ރަށްރަށަށް ފޮނުވައިފި އެވެ.

ހޮނިހިރު ދުވަހު ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގް  ޑިރެކްޓަރު  އަހުމަދު ޝަރީފް ވިދާޅުވީ އެ ސިންކްރޮނައިޒިންގ ޕެނަލްތައް މިހާރު ވަނީ ޕެނަލްތައް ފޮނުވަންޖެހޭ ރަށްރަށަށް ފޮނުވުމުގެ މަގުމަތީގަ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ ޕެނަލްތައް އާދިއްތަ ދުވަހުން ފެށިގެން ރަށްރަށް ލިބިގެންދާނެ ކަމަށާއި އެރަށްރަށް ޕެނަލްތައް ލިބުމާ އެކު ޕެނަލްތައް އިންސްޓޯލްކުރުމާއި ހިދުމަތް ދިނުމަށް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސިންކްރޮނައިޒް ޕެނަލްތަކުގެ ހިދްމަތް ލިބުމުން އެރަށެއްގައި ހުންނަ ހުރިހާ ޖަނަރޭޓަރުތައް ހުންނާނީ އެއް ޕެނަލަކާ ގުޅިފަ ކަމަށާއި އެހެންކަމުން އެއްޖަނަރޭޓަރުން އަނެއް ޖަނަރޭޓަށް ބަދަލުކުރާއިރު ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ 24 ޕެނަލް އެތެރެކޮށްފައި ވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އީއެމްޕީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 20 މިލިއަން ރުފިޔާއަށް ކަމަށެވެ.

ސިންކްރޮނައިޒް ޕެނަލްތައް ފޮނުވާ ރަށްތަކަކީ ހއ. ވަށަފަރު، ށ. ފީވަށް، ށ. ގޮއިދޫ، ށ. ޅައިމަގު، ށ. މާއުނގޫދޫ، ނ. ކުޑަފަރީ، ނ. މާޅެންދޫ، ނ. ވެލިދޫ، ރ. ރަސްމާދޫ، ބ. ހިތާދޫ، ޅ. އޮޅުވެލިފުށި، މ. މަޑުއްވަރީ، މ. މުލި، ފ. ދަރަނބޫދޫ، ފ. ފީއަލީ، ދ. ހުޅުދެލި، ދ. ކުޑަހުވަދޫ، ދ. މާއެނބޫދޫ، ތ. ގާދިއްފުށި، ލ. ހިތަދޫ، ލ. އިސްދޫ، ގދ، މަޑަވެލި، ގދ. ރަތަފަންދޫ، އަދި ސ. ހުޅުމީދޫ އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ފެނަކައިން ކަރަންޓް ހިދްމަތް ފޯރުކޮށްދޭ 148 ރަށުގެ ތެރެއިން މިހާރު ފޮނުވަމުންދާ 24 ޕެނަލްގެ އިތުރުން 49 ޕެނަލް ބޭނުންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް