ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 13:21
ލ. މާންދޫ މަސް ފެކްޓްރީ ބޭރުގައި މަސްވެރިން މުޒާހަރާ ކުރަނީ
ލ. މާންދޫ މަސް ފެކްޓްރީ ބޭރުގައި މަސްވެރިން މުޒާހަރާ ކުރަނީ
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
މަސްވެރިންގެ ޑިމާންޑަކީ 20 މިލިއަން ރުފިޔާގެ ތެރެއިން 8 މިލިއަން ރުފިޔާ ދިނުން
މުޒާހަރާ ކުރަމުންދަނީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ

ލ. މާންދޫ މަސް ފެކްޓްރީ ބޭރުގައި މަސްވެރިން ހޮނިހިރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާގައި 20 މިލިއަން ރުފިޔާގެ ތެރެއިން 8 މިލިއަން ރުފިޔާ ދިނުމަށް ޑިމާންޑުކޮށްފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި މަސްވެރިޔަކު ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 07:30ން ފެށިގެން މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި މުޒާހަރާ ކުރަމުންދަނީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ ކަމުގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މަސްވެރިޔަކު ބުނީ މަސް ކިރާފައި ކްރެޑިޓުގައި ހުރި ފައިސާ 20 މިލިއަނަށް އަރާ ކަމަށެވެ. އަދި 27 ދޯންޏަށް ދޭންޖެހޭ 8.6 މިލިއަން ރުފިޔާ ދިނުމަށް ޑިމާންޑު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި އެއީ މަސްވެރިންނަށް ދެވެން އޮތް އެންމެ ބޮޑު ލުއި ކަމަށާއި މަސްވެރިންގެ ޑިމާންޑުތަކަށް ހައްލެއް ނުލިބެނީސް މާންދޫގައި އެއްވެސް އޮޕަރޭޝަނެއް ކުރިއަށް ނުގެންދިޔުމަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާންދޫގެ އޮފިޝަލަކު ވިދާޅުވީ މަސްވެރިންނާއި ވާހަކަ ދެއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަސްވެރިން އަތުން މަސް ކިރާފައިވަނީ ތިން ހަފްތާގެ ކްރެޑިޓް މުއްދަތަކަށް ކަމަށާއި ތިން ހަފްތާއަށްވުރެ އިތުރުވާ ބިލެއް ނެތް ކަމަށެވެ.

މަސްވެރިން ޑިމާންޑު ކުރަމުންދަނީ ފެންޑިންގްގައި ހުރި ހުރިހާ ބިލެއް ދެއްކުމަށް ކަމަށެވެ. ތަކެތީގެ އަގު ބޮޑުވުމާއި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބުމުން މަސްވެރިންނަށް ފައިސާ ދިނުމަށް ލަސްވި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ވަގުތުން ފައިސާ ދެވެން ނެތްނަމަ މަސްވެރިންނަށް އެކަން އަންގާ ކަމަށާއި ތިން ހަފްތާ ތެރޭގައި ފައިސާ ދެވޭނެކަން އަންގާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މަސްވެރިން އެގޮތަށް އެއްބަސްވުމުން މަސް ކިރާކަން ފާހަގަކުރެއްވިއެވެ.

މަސްވެރިކަން ރަނގަޅުވުމަށް ފައިސާ ނުދެއްކިވާ އަދަދު އިތުރު ކަމަށާއި މަސް ކިރާ ދުވަހުން ފެށިގެން ތިން ހަފްތާގެ ތެރޭގައި ފައިސާ ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިން އެދެމުންދަނީ ހުރި ހުރިހާ ދޯންޏެއްގެ އައުޓްސްޓޭޑިންގް އަދަދު އެއްކޮށް ދައްކާ ނިންމުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

300ވުރެން ގިނަ މީހުން މުޒާހަރާ ކުރަމުންދާއިރު ފުލުހުން ބުނީ މި މުޒާހަރާގެ ތެރެއިން ފުލުހެއްގެ ބޯފަޅައިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް