Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 15:25
ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށްދަނީ
ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
ރަމަޟާން 1438
މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި
ގޮވާމުން ޒަކާތް ބަލައިގަތުން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހު
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރު

ހުކުރު ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުން ޒަކާތުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުގެ ނިއަލަށް އެއްލައްކަ މީހުން ޒަކާތް ދައްކާފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފަރާތްތަކުން ކޮންމެ ދުވަހަކު ވެސް ޒަކާތް ދައްކަމުންދާ ކަމަށެެވެ.

ގޮވާމުގެ ބާވަތްތަކުން ހުކުރު ދުވަހުގެ ނިއަލަށް 13،000 ކިލޯ ހަނޑުލާއި ފުށުން ޒަކާތް ދައްކާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެދުވަހުގެ ނިއަލަށް 4،600 މީހުން ވަނީ ގޮވާމުން ޒަކާތްވަނީ ދައްކާފަ އެވެ.

ގޮވާމުން ޒަކާތް ބަލައިގަތުން އަރަބިއްޔާ ސްކޫލުގައި ޒަކާތް ބަަލައިގަތުމަށް ހަމަޖެހިފައި ވަނީ، އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިއަލަށެވެ. އެގޮތުން ހެނދުނުު 01:00 އަކުން ހަވީރު 04:00 އަށް އަދި ރޭގަނޑު 09:00 އިން 10:00 އަށް ވެސް ގޮވާމުން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީއަށް ޒަކާތް ބަލައިގަތުން ހަމަޖެހިފައި ވަނީ އިސްލާމިކް މަރުކަޒާއި ހުޅުމާލޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ވިލިމާލެ އާއި އަޔާދީ ތަކާފުލް މެދުވެރިކޮށްގެންނާއި ދިރާގު އެސްއެމްއެސް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނަން ފެށުމާ އެކު، މާލެއިން ގިނަ ބަޔަކު އިސްލާމީ މަރުކަޒު ހޯލަށް ގޮސް ޒަކާތް ދައްކަމުން އަންނަ ކަމަށެވެ. ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ދެވަނަ ވީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގަ އެވެ.

ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.

ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު އެކަނި ވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް