ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 14:27
ކްރޫޒް ޝިޕް "މެޖެސްޓިކް ޕްރިންސެސް"
ކްރޫޒް ޝިޕް "މެޖެސްޓިކް ޕްރިންސެސް"
ގެޓީ އިމޭޖަސް
ކްރޫޒް ޝިޕަކުން މީހުން ކޮވިޑަށް ޕޮޒިޓިވްވުން
ކޮވިޑްގެ 800 ކޭހާއެކު ކްރޫޒް ޝިޕެއް އޮސްޓްރޭލިޔާގައި ބަނދަރުކޮށްފި
މި ބޯޓުގެ ކޮންމެ 5 މީހަކުން އެކަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

ކޮވިޑް19އަށް ޕޮޒިޓިވް ވެފައިވާ 800 ފަސިންޖަރުންނާއެކު ހޮލިޑޭ ކްރޫޒް ޝިޕެއް އޮސްޓްރޭލިޔާގެ ސިޑްނީގައި ބަނދަރުކޮށްފިއެވެ. "މެޖެސްޓިކް ޕްރިންސެސް" ކިޔާ ބޯޓު ދަތުރުކުރީ ނިއުޒީލެންޑުން ފުރައިގެންނެވެ. މިބޯޑުގައި 4،600 ފަސިންޖަރުންނާއި ފަޅުވެރިން އެބަތިބިކަމަށްވެއެވެ. އެހެންކަމުން ކޮންމެ 5 މީހަކުން އެކަކަށް މިވަނީ ކޮވިޑް ޖެހިފައެވެ.

2020ވަނަ އަހަރުގެ ކުރީ ކޮޅުވެސް "ރޫބީ ޕްރިންސެސް" ކިޔާ ކްރޫޒް ޝިޕަކުންވެސް 900 މީހުން ކޮވިޑަށް ޕޮޒިޓިވްވެ އޭގެ ތެރެއިން 28 މީހުން މަރުވެފައިވެއެވެ.

"މެޖެސްޓިކް ޕްރިންސެސް" އޮޕަރޭޓްކުރާ ފަރާތް ކަމަށްވާ ކާނިވަލް އޮސްޓްރޭލިޔާގެ ރައީސް މާގަރިޓް ވިދާޅުވިގޮތުގައި 12 ދުވަހުގެ ދަތުރު ފަށައި، މެދަކާހަމައަށް ދިޔަތަނާ ގިނަބަޔަކު ކޮވިޑަށް ޕޮޒިޓިވްވާން ފެށީއެވެ. މީގެ ތެރެއިން ގިނަ މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެންނަކަމަށާއި ބައެއްމީހުންގެ ކުޑަކޮށް އަލާމާތް ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހުން އައިސޮލޭޝަން ފުރިހަމަކުރުމަށް ދިއުމަށް ޕްރައިވެޓް ޓްރާންސްޕޯޓް ހަމަޖައްސައިދެމުން ދާކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. އަދި އެމީހުން ބޭލުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ އޮސްޓްރޭލިޔާގެ މެލްބަރންއަށް ކަމަށް ވިދާޅުވިއެވެ.  

2020 ވަނަ އަހަރު ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި "ރޫބީ ޕްރިންސެސް"އަކީވެސް ކާނިވަލް އޮސްޓްރޭލިޔާއިން އޮޕަރޭޓް ކުރަމުން އައި ކްރޫޒް ޝިޕެކެވެ. އެފަހަރުގެ ހާދިސާއާ މި ހާދިސާއާ ހުރި ގުޅުމާ ބެހޭގޮތުން ސުވާލުދެންނެވުމުން މާގަރިޓް ވިދާޅުވީ، އެދުވަހުން ފެށިގެން މިހާތަނަށް މުޅި މުޖްތަމައުވެސް ކޮވިޑް19 އާބެހޭގޮތުން ވަރަށް ބޮޑަށް ހޭލުންތެރިވެ އަދި އަޅަންޖެހޭ ފިޔަވަޅުތަކަށް ތައްޔާރުވެފައިވާކަމަށެވެ.

އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި އޮސްޓްރޭލިޔާގައިވެސް މިދުވަސްކޮޅު އަންނަނީ ވަރަށް ބޮޑަށް ކޮވިޑް19 ކޭސްތައް އިތުރު ވަމުންނެވެ. މިގޮތުން ނިއުސައުތު ވޭލްސްއިން އެކަނިވެސް ހުކުރުދުވަހާ ހަމައަށް ފާއިތުވި ހަތް ދުވަހު 19،800 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

- ކޮމެންޓް