ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 07:42
ސްޓެލްކޯ
ސްޓެލްކޯ
ރައީސް އޮފީސް
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުން
ހޮނިހިރު ދުވަހު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑޭނެ
ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑްކުރުމަށް ހޮނިހިރު ދުވަހުގެ މެންދުރު 2:00ން 3:30ށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ
ހޮނިހިރު ދުވަހުގެ ހެނދުނު 9:00ން 10:30ށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

ހޮނިހިރު ދުވަހު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ މީޑީއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑްކުރުމަށްޓަކައި، ހޮނިހިރު ދުވަހުގެ މެންދުރު 2:00ން 3:30ށް ފްލެޓް 1ން 7 ހުންނަ ސަރަހައްދުގެ ފިލިގަސްމަގާއި ނިރޮޅުމަގު އަދި ކަނީރުމަގާއި ރީތިގަސް ހިނގުމުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މީގެއިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑްކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް ހޮނިހިރު ދުވަހުގެ ހެނދުނު 9:00ން 10:30ށް މައްޗަންގޮޅީގެ މަޖީދީމަގު، ކާމިނީމަގު، ދިލްބަހާރުމަގު، ޗާންދަނީ މަގު، ސައްޔިދުކިލެގެފާނު މަގު، އަދި ޝަހީދު ކުޑަނެވި ތުއްތު ހިނގުމުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ދާދިފަހުން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ އެއް ފީޑަރު ނިވި، ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް