ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 23:27
ޓޮންގާ
ޓޮންގާ
ގޫގުލް
ޓޮންގާ އަށް ބިންހެލުމެއް އައުން
ޓޮންގާ އަށް ނެރުނު ސުނާމީގެ އިންޒާރު އުވާލައިފި
300 ކިލޯމީޓަރުގެ ސަރަހައްދަކަށް ނުވަތަ 186 މޭލުގެ ސަރަހައްދަކަށް އެ ސުނާމީގެ އަސަރުކޮށްފާނެ ކަމަށް ބެލެވުނު

ދެކުނު ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ޓޮންގާގެ ކައިރިން ކަނޑުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން ދިން ސުނާމީގެ އިންޒާރު އުވާލައިފިއެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ސަރަހައްދަށް އައި ބިންޖެހުން އައިސްފައި ވަނީ 7.3 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެ ބިންހެލުން އައިސްފައި ވަނީ ޓޮންގާގެ ކަނޑުގެ ސަަހައްދާއި 130 މޭލު ކައިރި ސަރަހައްދަކަށެވެ. އެއާއި އެކު ސުނާމީ އެއް އުފެދިދާނެކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އެގޮތުން 300 ކިލޯމީޓަރުގެ ސަރަހައްދަކަށް ނުވަތަ 186 މޭލުގެ ސަރަހައްދަކަށް އެ ސުނާމީގެ އަސަރުކޮށްފާނެ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ. އެހެންކަމުން ބިންހެލުމެއް އަތުވެދާނެ ކަމަށް ލަފާކޮށް ގިނަ ރަށްތަކުގެ އައްސޭރިފަށުން މީހުން ވަނީ ދުރަށް ގެންގޮސްފައެވެ.

ޓޮންގާ ކައިިރިއަށް ބިންހެލުންތައް އައުން ފަހަކަށް އައިސް ވަނީ އާއްމުވެފައެވެ.

ޓޮންގާ އަކީ ލައްކައެއްހައި މީހުންގެ އާބަދީއެއް އޮންނަ ގައުމަކަށް ވާއިރު އެ ގައުމު އެކުލެވިގެން ވަނީ 171 ޖަޒީރާގެ މައްޗަށެވެ. މީގެ ތެރެއިން ގިނަ ޖަޒީރާ ތަކުގައި މީހުން ދިރިނޫޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް