Advertisement
ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 19:35
ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޖެނެރަލް ޖަނާހު، ހަންގޭރީ ފޮރިން މިނިސްޓަރަށް ރިޝެޕްޝަންގެ ތެރެއިން
ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޖެނެރަލް ޖަނާހު، ހަންގޭރީ ފޮރިން މިނިސްޓަރަށް ރިޝެޕްޝަންގެ ތެރެއިން
ރާއްޖެއެމްވީ
އޮނަރަރީ ކޮންސުލް ޖެނެރަލް ޖަނާހު
ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޖެނެރަލް ޖަނާހު، ހަންގޭރީ ފޮރިން މިނިސްޓަރަށް ރިޝެޕްޝަނެއް ދެއްވައިފި
ސިއާޓޯ އާއި ޖަނާހުގެ އިތުރުން މި ރިސެޕްޝަންގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި

ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު ހަންގޭރީ ފޮރިން މިނިސްޓަރު އަދި ޓްރޭޑް މިނިސްޓަރ ޕީޓަރ ސިއާޓޯއަށް ރިޝެޕްޝަނެއް ދެއްވައިފިއެވެ.

މި ރިސެޕްޝަން އޮތީ ބުދަ ދުވަހުގެ މެންދުރު ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. ސިއާޓޯ އާއި ޖަނާހުގެ އިތުރުން މި ރިސެޕްޝަންގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރިޝެޕްޝަންގެ ތެރެއިން ސިއާޓޯ ވަނީ ޖަނާހުއަށް ކޮންސުލް ޖެނެރަލްގެ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. ޖަނާހު ކުރިން ހުންނެވީ  އޮނަރަރީ ކޮންސުލްގެ މަޤާމުގައެވެ.

ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުން ޖަނާހު ވިދާޅުވީ ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ގުޅުން އެކި ދާއިރާތަކުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށާއި ދެ ޤައުމުގެ މުޖުތަމައުގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ދެ ޤައުމުގެ ވިޔަފާރިތަކުގެ ގުޅުން ބަދަހި ކުރެއްވުމަށް ވެސް މަސައްކަތް ކުރެއްވިކަން ޖަނާހު ފާހަގަކުރެއްވިއެވެ.

ޖަނާހު ވަނީ އެބޭފުޅާއަށް އިތުބާރު ކުރައްވާ މި މަޤާމު ހަވާލުކޮށްދެއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

Advertisement

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއާޓޯ ވިދާޅުވީ ހަންގޭރީން ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވި މިނިސްޓަރަކަށް އެމަނިކުފާނު ވެވަޑައިގަތުމުން އެކަމާ އުފާކުރައްވާ ކަމަށާއި ރާއްޖެ އާއި ހަންގޭރީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތީ 47 އަހަރުވެފައިވާއިރު އެއީ މަޑުކުރަން ވެސް ދިގު މުއްދަތެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ނަތީޖާތަކަށް ބަލާލުމުން، ޝަކުވާ ކުރައްވާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ.

މި ރިސެޕްޝަނުގައި ބިޒްނަސް ކޮމިއުނިޓީތައް ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ 75 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމައު އިން އެކަތިގަނޑަކަށްވެ މަސައްކަތް ކުރެވޭނެކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ސިއާޓޯ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޝާހިދު އާއި ސިއާޓޯ ވަނީ ރަޝިޔާ – ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިން ދިވެހި ކިޔަވާކުދިން ރާއްޖެ ގެނައުމަށް ޖަނާހު ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އޮނަރަރީ ކޮންސުލް ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަނީ ތައުރީފުކުރައްވާފައެވެ.

ރިޝެޕްޝަން ނިންމަވާލެއްވުމަށް ސިއާޓޯ ވަނީ ކީ ބިޒްނަސްމަނުންނާއެކު ވެސް ވަކިން ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް