Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 02:19
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޖައުފަރު ދާއޫދު މަޖިލސް ޖަލްސާއެއްގައި
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޖައުފަރު ދާއޫދު މަޖިލސް ޖަލްސާއެއްގައި
ޕީޕަލް މެގަޒިން
ޖައުފަރު ދާއޫދު
ޖައުފަރުގެ ފަންސަވީސް ހާސް ރުފިޔާއަށް އެހެން ބޮޑު މައްސަލައެއް!
ފައިސާ ހަމަޖައްސައިދިން ސިޓީގެ ތާރީޚްތައް ދިމަލެއް ނުވޭ
ފައިސާ ހަމަޖައްސައިދިނީ އެހީ އަށް އެދި ސިޓީ ލިޔުމުގެ ކުރިން؟
މާލީ ހާލަތު ދައްވެފައިވާ ފެނަކައިން މިހާ ބޮޑެތި އަދަދުތަކުގެ އެހީދޭ ގޮތެއް ނޭނގޭ

ފެނަކައިން ޖައުފަރު ދާއޫދަށް ދިނުމަށް ނިންމި ފަންސަވީސް ހާސް ރުފިޔާ އާ ގުޅޭ އެހެން މައްސަލައެއް ފެންމަތި ވެއްޖެއެވެ. މި ފަންސަވީސްހާސް ރުފިޔާ ޖައުފަރު ދާއޫދާށް ދިނުމަށް ނިންމާ ފެނަކައިން ފޮނުވި ޖައުފަރަށް ފޮނުވި ސިޓީގައި ވާ ތާރީޚުތަކުގައި އޮތް ބޮޑު ގޯހެއް ސޯޝަލް މީޑިއާގައިވަނީ ފަޅާ އަރުވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ގޮތުގައި ހުންނެވި ޖައުފަރު ދާއޫދަށް ފެނަކައިން ފޮނުވާފައިވާ ސިޓީގެ ސުރުޚީގައި އޮންނަނީ އެ ކުންފުންޏަށް ޖައުފަރު 28 ޖޫން 2017 ގައި ފޮނުއްވި ކަމަށް ބުނާ ސިޓީއަކާ ހަވާލާ ދީފައެވެ.

މައްސަލަ ފެންމަތިވާން ދިމާވީ ފެނައިކައިން ޖައުފަރަށް ފަންސަވީސް ހާސް ރުފިޔާ ދިނުމަށް ހަމަޖައްސާ ފޮނުވި ސިޓީގައި ޖަހާފައި އޮންނަނީ 18 ޖޫން 2017 ގެ ތާރީޚެވެ. މިކަން ފާހަގަ ކުރި ސޯޝަލް މީޑިއާގެ އެކްޓިވިސްޓަކު ބުނެފައިވަނީ މިކަމުން ދޭހަވަނީ ޖައުފަރު ސިޓީއެއް ނުވެސް ފޮނުއްވަނީސް ފައިސާގެ އެހީ ފެނަކައިން ދިނީ ކަމަށެވެ.

 

ޖައުފަރު ދާއޫދަށް ފެނަކައިން ފަންސަވީސް ހާސް ރުފިޔާ ހަމަޖައްސައިދިނީ ރ. މާކުރަތުގައި އޭނާ ކޮންމެ އަހަރަކު ބާއްވަވާ ގުރުއާން މުބާރާތަކަށް ދޭ އިނާމުގެ ގޮތުގައި ކަމަށް ވެއެވެ.

ޖައުފަރަށް ފެނަކައިން ފޮނުވި ސިޓީއަށް ބަލާއިރު ފަންސަވީސް ހާސް ރުފިޔާއަށް ވުރެ މާބޮޑު އަދަދެއް އޭނާ އެހީގެ ގޮތުގައި ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ކަންވެސް ދޭހަވެއެވެ.

ރަމްޒީ އެހީއެއްގެ ގޮތުގައި ކަމަށްބުނެ ޖައުފަރަށް އެޑްރެސްކޮށް، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި މި ފައިސާ ހަމަޖައްސާ މިދެނީ ރަށްރަށުގެ ކަރަންޓުގެ ހާލާތު ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި ޚަރަދު ތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައިވެއެވެ.

ޖައުފަރު ދާއޫދަށް ފެނަކައިން ފައިސާ ހަމަޖައްސައިދިން މައްސަލައިގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ މިއީ ކަރަޕްޝަންގެ ހުތުރު އަމަލެއް ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.

މި ގޮތުން ދައުލަތުގެ ތެރޭގައި ހިންގާ މިފަދަ ނޭއްގާނީ ކަންކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ޓުވިޓަރ ގައި މިކަން ސިފަ ކުރައްވާފައިވަނީ މަޖިލިސް ބޭނުން ކޮށްގެން، މަޖިލިސް ރައީސް އަޑީގައި ހުންނަވައިގެން ފެނަކަ އާއި ދައުލަތުގެ ކުންފުނި ތަކުން ހިންގުވާ ވައްކަމެއްގެ ގޮތުގައެވެ.

މި ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުސްތަފާ އިތުރަށް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން ޖައުފަރު ދާއޫދުގެ ސިޔާސީ ހަރަކާތް ހިންގަން ފައިސާ ހޯދުމަށް އެދުމަކީ ޖިނާއީ މައްސަލައެއް ކަމަށެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާކަން ފާހަގަ ކުރެވޭ އިއްޒަތްތެރި މެމްބަރު ޖައުފަރު ދާއޫދަށް، މާލީ ހާލަތު ދަށްވެފައިވާ ފެނަކައިން ރަމްޒީ އެހީއެއްގެ ގޮތުގައި ކަމަށް ބުނެ މިހާ ގިނަ ފައިސާ ދޭން ނިންމި އިރު ފެނަކައިން ސްޕޮންސަރޝިޕް ދިނުމުގައި ގެންގުޅޭ އުސޫލެއް މީގެ ކުރިން ހާމަކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ގިނަ ފަރާތްތަކަކުން ބުނަމުންދާ ގޮތުގައި، ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ގެންދަވަނީ ސިޔާސީ މަންފާތައް ހޯއްދެވުމަށް ސަރުކާރުގެ ކުންފުނިތަކުގެ ނާޖާއިޒް ފައިދާ ވަރަށް ބޮޑަށް ނަންގަވަމުންނެވެ.

މެމްބަރުން ގެންދަވަނީ މެމްބަރުންގެ ނަމުގައި ބޮޑެތި އިނާމުތައް ހުށަހަޅައިގެން ތަފާތު މުބާރާތްތައް ބާއްވަމުންނެވެ. ބައެއް ކުންފުނި ތަކުން ގިނަ އަދަދެއްގެ މީހުންނަށް ނާޖާއިޒް ގޮތެއްގައި ސިޔާސީ މަންފާ ހޯދުމަށް ވަޒިފާތައް ހަމަޖައްސައިދީފައިވާކަންވެސް އާއްމުން ގެންދަނީ ފާހަގަ ކުރަމުންނެވެ. ބައެއް މެމްބަރުން ސިޓީ އުރައިގައި ސީދާ ފައިސާ ބަހަމުން ގެންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
25 ޖޫން 2017 | އާދީއްތަ 19:28
ހުސޭނު
މާކުރަތުގައި ސަރުކާރުން ގާއިމްކޮށްފައިވާ ކުނިކޮށީގައި މިހުސްވި ރޯދަމަހު، ބަޔަކު ރޯކޮށްލިވާހަކަ އެއްވެސް ނޫހަކުން ފެންނަން ނެތުމުންހައިރާންވެއްޖެ. އެކަން ކުރިކަމަށް ކިޔަނީ އެމްޑީޕީ ބަޔެކޯ. އެކަމް އެކަން ކުރަނިކޮށް ރޯވެފައިވަނީ ޕީޕީއެމް އަށް ނިސްބަތްވާ ބަޔެއްގެ ގައިގާ. ފުލުހުންނަށް ރިޕޯޓް ކުރުމުން އެމީހުންވެސް އެކަން ތަހުގީގު ނުކުރި. ޕީޕީއެމް މާކުރަތު ގޮފީގެ ރައީސް ބުނެފައިވަނީ މެޑަމް ފާތުންގެ ފައިންޕުޅުގައި ދަންނަވައިގެން ނަމަވެސް އެކަން ކުރި ކުދިން ސަލާމަތް ކުރާނަމޯ.
25 ޖޫން 2017 | އާދީއްތަ 19:22
ހަސަނު
އަޅުގަނޑަކީ މާކުރަތު ސްކޫލު ޓީޗަރެއް. ތިޔަ ވިދާޅުވާ މުބާރާތަކީ މާކުރަތު ސްކޫލުގައި ބާއްވާ ސްކޫލުގެ މުބާރާތް. ޖައުފަރުގެ އެހީގެ ގޮތުގައި ތިޔަ މުބާރާތް ބާއްވަން ފެށީ 2016 ވަނަ އަހަރު، އަދި އެއީ އޭނާ ރާވާ އިންތިޒާމްކުރާ މުބާރާތެއްވެސް ނޫން. އެއީ ސްކޫލުން ރާވާ އިންތިޒާމް ކުރާ މުބާރާތެއް. މުބާރާތަށް ހަރަދު ކުރާނެ ކަމަށް ބުނެފައިވަނީ ބައިލައްކަ ރުފިޔާ. ނަމަވެސް މި މުބާރާތުގެ ނަމުގައި ފެނަކައިންވެސް އެއްލައްކަ ރުފިޔާ އަށ އެދިފައި ވާ ކަމަށް އަޑު ވަނީ ފެތުރިފައި. ތިޔަ މެންބަރަކާ ހެދި ލަދުން ބޯހަލާކު. ހެޔޮ ނުވާނެ، ތިފަދައިން އޮޅުވާލައިގެން ތިމާގެ ނަމުގައި އެހީތައް ދޭން ބުނާތީ.
24 ޖޫން 2017 | ހޮނިހިރު 10:36
ހަބޭސް13
މީހަމަ ރަގަޅޭތޯބުނަންޖެހޭނި