ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 07:37
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު
ފޭސްބުކް
އަބްދުالله ރަޝީދުގެ ޖަނާޒާ
އަބްދުالله ރަޝީދުގެ ޖަނާޒާ ބާއްވައިފި
އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާ އިން ބުނޭ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ/ ސްވެން, އަބްދުالله ރަޝީދުގެ ޖަނާޒާ ބާއްވައިފިއެވެ.

އޭނާގެ ޖަނާޒާ ބޭއްވީ ހޮނިހިރު ދުވަހުގެ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އޭނާގެ ޖަނާޒާ ބާއްވާފައިވަނީ މަރުގެ ތަހުގީގަށް ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ބޭރަށް ގެންދިއުމަށްފަހު އަނބުރާ ރާއްޖެ ގެނައުމުންނެވެ.

އަބްދުﷲ ރަޝީދު މަރުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގދ. ހޯނޑެއްދޫ އިން އޭނާ ހައްޔަރުކޮށްގެން އެ އަތޮޅުގެ މަޑަވެލި ޕޮލިސް ސްޓޭޝަނަށް ގެންދަނިކޮށެވެ. އޭނާ މަރުވީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދު މަރުވީ އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވުމުން މޭގައި ރިއްސާތީ އޭނާ އެ ވާހަކަ ފުލުހުން ކައިރީ ބުނުމުން ފުލުހުން އެކަމަށް ސަމާލުކަން ނުދޭ ކަމަށް އަބްދުﷲ ރަޝީދުގެ އާއިލާ އިން ވަނީ ބުނެފައެވެ. އެހެންވެ އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާ އިން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ވަނީ އަބްދުﷲ ރަޝީދުގެ ޕޯސްޓަމް ވެސް ހައްދާފައެވެ. އެ ކޮމިޝަނުން ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު އަދި ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް