ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 14:33
ފޭސްބުކް
ފޭސްބުކް
މުހައްމަދު ޝަރުހާން
ސައްހަ ނޫން ކޮންޓެންޓް
ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާ ސައްހަ ނޫން ކޮންޓެންޓު 24 ގަޑިއިރުތެރޭގައި ނަގަންޖެހޭ ގޮތަށް ވިއެޓްނާމުން ބަދަލުކޮށްފި
ކުރިން މިފަދަ ކޮންޓެންޓް ނަގަން ޖެހެނީ 48 ގަޑިއިރުގެ ތެރޭގައި

ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާ ސައްހަ ނޫން ކޮންޓެންޓް 24 ގަޑިއިރުތެރޭގައި ނަގަންޖެހޭ ގޮތަށް ވިއެޓްނާމުން އުސޫލު ބަދަލުކޮށްފިއެވެ.

އެ ޤައުމުގެ އިންފޮމޭޝަން މިނިސްޓަރު ހުކުރު ދުވަހު ވިދާޅުވީ ކުރިން 48 ގަޑިއިރު ތެރޭގައި އެފަދަ ކޮންޓެންޓު ނެގުމަށް އޮތް ނަމަވެސް މިހާރު 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަތް އޮތްތާނގައި "ސެންސިޓިވް އިންފޮމޭޝަން" ތައް 3 ގަޑިއިރު ތެރޭގައި ނަގާ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް އެ ޤައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުންދެއެވެ.

ގިނަ ޤައުމުތަކުގައި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާ މިފަދަ ކޮންޓެންޓު ނެގުމުގެ އުސޫލެއް ނޯންނައިރު ވިއެޓްނާމުން މިކަންތައް ދަނީ ވަރަށް ހަރުކަށިކޮށް ބަލަމުންނެވެ.

- ކޮމެންޓް