ކ. މާލެ
|
23 ޖޫން 2017 | ހުކުރު 21:15
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
ރާއްޖެ އެމްވީ
މެމްބަރު ސައުދު
މެމްބަރު ސައުދު ޕޮލިހަށް ހާޒިރުކޮށްފި
ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 10:00 އަށް
މީގެ ކުރިން ވެސް ޕޮލިހަށް ހާޒިރުކޮށްފައިވޭ
ސައުދު ވަނީ ރައީސް ޔާމީން ފެކްޝަން ދޫކޮށްލައްވައި، ގުޅިފައިވާ ކޯލިޝަނާއެކު އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައި

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުކުރު ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުކޮށްފި އެވެ.

 

ސައުދު ޕޮލިހަށް ހާޒިރުވުމަށް އަންގާފައި ވަނީ ހުކުރު ދުވަހުގެ ރޭ 10:00 އަށެވެ. 

 

 ސައުދުގެ މައްޗަށް ފުލުހުން މީގެ ކުރިން ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ތުހްމަތުގައި ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.މި  މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ވަނީ ހައްޔަރުކޮށްފަ އެވެ. 

 

ސައުދު ވިދާޅުވި ގޮތުގައި މިރޭ ވެސް ޕޮލިހަށް ހާޒިރު ކުރަނީ ކުރިން ވެސް ހާޒިރު ކުރި މައްސަލައިގަ އެވެ. 

 

އައްޑޫ މީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވަނިކޮށް ފަނޑިޔާރު ޝުޖާއު  މާލެ އަށް ގެންނެވީ އޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލައާ ގުޅިގެން ކަމަށް ވެ އެވެ.

 

އެނގިފައިވާ ގޮތުގައި ޝުޖާއު އަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ފެންމަތިވީ، ބަޔަކު އެކަމަށް ރާވައިގެން ދެއްކި ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންއެއް ލީކުވުމާ ގުޅިގެންނެވެ. 

 

ސައުދުއަކީ ކުރިން ރައީސް ޔާމީން ފެކްޝަންގައި އުޅުއްވި ބޭފުޅެކެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހްމަތުކޮށް ޕޮލިހަށް ހާޒިރުކުރަން ފެށީ، ރައީސް މައުމޫނު ފެކްޝަން ދޫކޮށް، ގުޅިފައިވާ ޕާޓީތަކާއެކު އިސްލާހި މަސައްކަތުގައި އޭނާ ހަރަކާތްތެރިވެވަޑައިގަންނަވަން ފެށުމާއެކު އެވެ. 

 

 

- ކޮމެންޓް