Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 18:53
އެމްއާރުޑީސީގެ ކުރީގެ އެމްޑީ ނިމާލް ދުއްވި ވެހިކަލް ޓެކްސީއެއްގައި ޖެހި ހިނގި އެކްސިޑެންޓް
އެމްއާރުޑީސީގެ ކުރީގެ އެމްޑީ ނިމާލް ދުއްވި ވެހިކަލް ޓެކްސީއެއްގައި ޖެހި ހިނގި އެކްސިޑެންޓް
ރާއްޖެއެމްވީ
އެކްސިޑެންޓް
އެމްއާރުޑީސީގެ ކުރީގެ އެމްޑީ ނިމާލް ދުއްވި ކާރެއް ޓެކްސީއެއްގައި ޖެހި އެކްސިޑެންޓްވެއްޖެ!
އެއްވެސް މީހަކަށް ގެއްލުމެއް ނުވިނަމަވެސް ދެ ވެހިކަލަށްވެސް ވަނީ ގެއްލުންވެފައި

އެމްއާރުޑީސީގެ ކުރީގެ އެމްޑީ ނިމާލް ދުއްވި ކާރެއް، ޓެކްސީއެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.

 

މަޖީދީމަގު ސްޓާ ސިނަމާ ކަންމަތީ ގައި މި އެކްސިޑެންޓް ހިނގީ ހުކުރުދުވަހުގެ އިރުއޮއްސި 6:10 ހާއިރުއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ދިޔައިރު، ސީން ރޫޅާލައި ދެފަރާތުން ވެސް އެ ސަރަހައްދުން ގޮސްފައިވާކަމަށެވެ. އަދި ދެފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދީކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން އެހެން ބުނިނަމަވެސް ރާއްޖެއެމްވީއަށް ލިބިފައިޮވާ ފޮޓޯތަކުން ފެންނަގޮތުގައި، އެކްސިޑެންޓްވި ވެހިކަލަތައް ކައިރީ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއާރުޑީސީގެ ކުރީގެ އެމްޑީ ނިމާލްގެ ކާރު ޓެކްސީއެއްގައި ޖެހި އެކްސިޑެންޓްވިއިރު، ކާރު ދުއްވަން އިންނެވީވެސް ނިމާލްއެވެ. މި އެކްސިޑެންޓްގައި ދެ ވެހިކަލްއަށްވެސް އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތުދިނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް