Advertisement
ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 08:02
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ރާއްޖެއެމްވީ
ބަޖެޓް 2023
ބަޖެޓު ފާސް ނުކުރަން ހިފައިގެން ވާނެ ފައިދާއެއް ނެތް: ސަމީރު
ބަޖެޓުގެ ކަންކަން ކުރިއަށްދާނީ މަޝްވަރާގެ މަތިން
ރައްޔިތުންގެ ފައިދާ އަށް ބަޖެޓު ފާސްކުރަންޖެހޭ

ބަޖެޓު ފާސްނުކުރަން ހިފައިގެން ދިވެހި ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޯންނާނެ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ބަޖެޓުގެ ކަންކަން ކުރިއަށްދާނީ ފިނޭންސް މިނިސްޓަރާއި، ކަމާގުޅުންހުރި އެހެން ފަރާތްތަކުގެ ވެސް މަޝްވަރާ އާ އެކުގައި ކަމަށެވެ.

މިގޮތުން ރައްޔިތުންގެ ކަންކަން ނިންމުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްކަމުގައިވާ ރައްޔިތުންގެ މަޖިލީހަކީ އެ މަޝްވަރާތަކަށް ހުޅުވިފައި އޮންނަ ތަނަކަށް ވާންޖެހޭ ކަމަށާއި، އެ މަޝްވަރާތައް އަޑުއަހައި ގައުމީ ވިސްނުމެއްގައި ކަންކަން ކުރިއަށްގެންދަންޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

Advertisement

ސަރުކާރާ އެއްކޮޅަށް މަސައްކަތްކުރައްވާ ގިނަ މެންބަރުން ތިއްބެވީ ބަޖެޓު ފާސްކުރަން މަސައްކަތްކުރައްވަން ކަމަށާއި، އެހެންނަމަވެސް ބައެއް މެންބަރުން ބަޖެޓު ފަސްކުރުމާ ދެކޮޅު ހައްދަވާ ކަމަށެވެ. ސަމީރު ވިދާޅުވީ ބަޖެޓު ފާސްނުކުރަން ހިފައި، މަޖިލިސް ތެރޭގައި އަރާރުން ވުމަކުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.

އިގްތިސާދާ ގުޅުންހުރި ދުނިޔޭގެ ޖަމިއްޔާތަކުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމާއި، ރާއްޖެއިން އަޅާފައި ހުރި ފިޔަވަޅުތައް ރަނގަޅުކަމާއި، ރާއްޖެ މިސާލެއްގެ ގޮތުގައި އެހެން ގައުމުތަކަށް ދައްކަމުންދާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. މި ބަޖެޓުގައި ރާއްޖޭގެ ތަރައްގީ އާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ވެސް ހިމަނާފައިވާއިރު، އާމްދަނީ ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް