Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 17:14
ސައިކަލްގައި ރޯކޮށްލީ ގާޒީ ފަތިސްނަމާދަށް ހުންނަވަނިކޮށް -- ފޮޓޯ:ރާއްޖެ އެމްވީ
ސައިކަލްގައި ރޯކޮށްލީ ގާޒީ ފަތިސްނަމާދަށް ހުންނަވަނިކޮށް -- ފޮޓޯ:ރާއްޖެ އެމްވީ
ރާއްޖެއެމްވީ
ގާޒީގެ ސައިކަލު
ގާޒީގެ ސައިކަލުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް 12 ދުވަސް!
ގާޒީގެ ސައިކަލް ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުން
މިކަމަކީ ސިޔާސީ ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނި
ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައި

ގއ. ކަނޑުހުޅުދޫ ކޯޓުގެ ގާޒީ، ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލި މައްސަލާގެ ތުހްމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 12 ދުވަސް ކޯޓުން ޖަހައިފި އެވެ. 

 

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ ހުކުރު ދުވަހު ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް އެމީހުން ހާޒިރު ކުރުމުންނެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ގާޒީއަށް އިންޒާރު ދީ، ޕެޓްރޯލް އަޅައި ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ.

މި ހާދިސާއާ ގުޅޭ ގޮތުން، އެރަށުގެ ރައްޔިތަކު ބުނީ، އެރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ ހަސަން ދީދީ، ފަތިސް ނަމާދަށް ހުންނަވަނިކޮށް ސައިކަލްގައި ރޯކޮށްލާފައިވާ އިރު، އެރަށުގެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ ސައިކަލު ވެސް ރޯކޮށްލި ކަމަށެވެ. އެހެން ނަމަވެސް ޓީޗަރުގެ ސައިކަލަށް މާބޮޑު ގެއްލުންތަކެއް ނުވާ ކަމަށް ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. 

މިކަމަކީ ރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ސިޔާސީ ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށް ގއ. ކަނޑުހުޅުދޫއިން ވާހަކަދެއްކި ފަރާތުން މައުލޫމާތުދީފައިވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް