Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 12:30
ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިދިކޮޅު ބައެއް އެހެން ބޭފުޅުން މ. ކުނޫޒްގައި
ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިދިކޮޅު ބައެއް އެހެން ބޭފުޅުން މ. ކުނޫޒްގައި
ރާއްޖެއެމްވީ
އިބްރާހިމް މުހައްމަދު ސޯލިހު
އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ
އަދީބު ޖަލަށް ލާ ހިސާބުން ރިޝްވަތުގެ ވާހަކަތައް ނުނިމޭނެ
ކޮންމެ ރައްޔިތަކަށްވެސް ގާނޫނުގައި ލާޒިމުކުރާ ހައްގުތައް ލިބިދޭން ޖެހޭނެ
އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ އައިޖީއެމްއެޗްގެ އަލަށް ހަދާ އިމާރާތުގެ ހިޔާނާތް މާބޮޑު

ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފި ނަމަ ފިއްލަވާފާނެތީ ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި  ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ތަރާވީހުގައި ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ އަދީބަށް ބޭސްފަރުވާކުރެވެން ޖެހޭނެ ކަމަށާއި އަދީބަށް ވުރެ ބޮޑެތި ކުށްވެރިން ވެސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާފައި އެބަހުރި ކަމަށެވެ. އެހެންކަމުން އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް ރާއްޖޭގެ ބަންޑާރަނައިބު ވިދާޅުވުމަކީ ބޮޑު "ޖޯކެއް"ކަމަށް އިބޫ ވިދާޅުވިއެވެ.

" ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ހޯދޭނެ. މީގެ ކުރިން ވެސް އެބަހުރި އެއަށްވުރެ ބޮޑެތި ކުށްވެރިން ރާއްޖެއިން ބޭރަށް ގޮސްފައި. ހަމަ ފުލުހުން ކައިރީގައި ބައިތިއްބައިގެން، ހަމަ ސެކިއުރިޓީ ލައިގެން. އެހެންވީމަ އެކަން ސަރުކާރުން ކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ އެއީ ހުއްޖަތެއް ނޫން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވުމަށް ދައްކާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ޖަލުގައި ހުރި މީހަކަށް ވެސް އަދި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުގައި ލާޒިމުކުރާ ހައްގުތައް ލިބިދޭން ޖެހޭނެ ކަމަށާއި އެހެންކަމުން އަދީބަށް ވެސް ބޭސްފަރުވާ ކުރެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަދީބާ ދޭތެރޭ ކުރެވުނު ޝަރީއަތާއި މެދު ސުވާލުތަކެއް އުފެދޭ ކަމަށާއި އަދީބު ޖަލަށް ލާ ހިސާބުން ރިޝްވަތުގެ ވާހަކަތައް ނިމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ. އެއީ އެ މައްސަލައިގައި އެއަށްވުރެ ފުޅާކޮށް ވިސްނަންޖެހޭ ކަންތައްތައް ހުރުމުން ކަމަށް އިބޫ ވިދާޅުވިއެވެ.  އަދި މިމައްސަލަތައް ފުޅާކޮށް ބެލިގެންދާއިރު އެމައްސަލަތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކީ އަދީބުކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އަދީބު ހެޔޮސިއްހަތެއްގައި ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެ ރިވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އެކަނި ނޫން ކަމަށާއި އައިޖީއެމްއެޗްގައި އަލަށް ހަދާ އިމާރާތުގެ މައްސަލަ ތަކުރާރުކޮށް އެތައް ބަޔަކު އެވާހަކަ ދައްކާއިރު އެއީ އެއަށްވުރެ ބޮޑު ޚިޔާނާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ޚިޔާނާތަކާއި ވައްކަމެއް ބެލެންޖެހޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"މިސަރުކާރުގެ އިސްވެރިން ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވެފައި އޮތީކީ ހަމަ އެކަނި އެމްއެމްޕީއާރުސީގެ މައްސަލައިގައި އެކަންޏެއް ނޫން. އެއަށްވުރެ ބޮޑެތި މައްސަލަ ވެސް އަޅުގަނޑުމެންނަށް ފެންމަތިވެފައި އެބައޮތް. އެނގިވަޑައިގަންނަވާނެ އައިޖީއެމްއެޗްގެ އިމާރާތުގެ އެ މައްސަލަ ތަކުރާރުކޮށް އެތަށްބަޔަކު އެވާހަކަ ދައްކަމުން އެގެންދަނީ. ހަގީގަތުގައި ވެސް އޭގައި އެހިމެނޭ ޚިޔާނާތުގެ އަދަދަކީ އެވިދާޅުވާ ގޮތުން އެ މައުލޫމާތާއި ތަކެއްޗަށް ބަލާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ ބޮޑު ޚިޔާނާތެއްގެ ވާހަކަ މިދައްކަނީ،" އިބޫ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ޖޫން 2017 | ހޮނިހިރު 10:47
ކަނައްކަފޫޅު
އަދީބު ޖަލުގައި އޮވެގެން މަރުވީމާ ބޮޑު ޚިޔާނާތުގެ ބޮޑު ހެކި ނެތިގެންދާނެ އަދީބައްހަމަ އެހެންގޮތެއް ނެތް