އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނުން އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެއުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
މި ދެ ޒުވާނުންނަން އަނިޔާވ ހިތަދޫ ބޮޑު މަގުގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައެވެ.
ހިތަދޫ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުގައި އެ މީހުން މާލެ ގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ބުރާސްފަތި ދުވަހު އިރު އޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓްގައި އަނިޔާލިބިފައިވަނީ ސައިކަލްގައި ތިބި ދެ މީހުންނަށެވެ. މި އެކްސިޑެންޓްގައި ޕިކަޕް ޑްރައިވަރަށް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް އޭނާގެ ޕިކަޕަށް ވަނީ ގެއްލުން ލިބިފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން މާލެ ގެންނަނީ ސައިކަލްގެ ފަހަތުގައި ތިބި އަނިޔާވި ދެ މީހުނެވެ.