Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 22:44
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު
ގޫގުލް
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މަޖިލިސް ހުޅުވުމާއެކު މަސައްކަތް ނިންމާލުމުގެ ފެށުން ފެނިގެންދާނެ: އިބޫ
ކުރިއަށް އޮތް ތާނގައި އުފާވެރި ޚަބަރުތައް އިވިގެންދާނެ
ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ދަނީ މަސައްކަތް ކުރަމުން

ރޯދަ މަހަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު، ގުޅިފައިވާ ޕާޓީތަކުގެ "މަސައްކަތް ނިންމުމުގެ ފެށުން ފެނިގެންދާނެ" ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ތަރާވީހުގައި ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރޯދަމަސް ނިމުމާ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

"ތިބޭފުޅުންނަށް އުފާވެރިކަމުގެ ހަބަރު ލިބޭނެ،" އިބޫ ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތުގެ ނިންމުމުގެ ފެށުން ފެނިގެންދާނެ ކަމަށާއި އުފާވެރި ހަބަރު ލިބޭނެ ކަމަށް އިބޫ ވިދާޅުވިޔަސް، އެއީ ކޮން ކަހަލަ ހަބަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަޖިލީހުގައި އޮތް ސަރުކާރުގެ އަޣުލަބިއްޔަތު ދުއްވާލުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށްޓަކައި މިހާރު ވަނީ ވަރަށް ގިނަ މެމްބަރުންގެ ސޮއި ހޯދައިފަ އެވެ. އަދި މަޖިލީސް ހުޅުވުމާއެކު ގިނަ ދުވަސްތަކެއް ނުކޮށް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ވެއްދުމާއެކު، ރޯލްކޯލް ވޯޓް ނަގައި އެ މައްސަލަ ބޭރުކޮށްލި އެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައި އޮތްވައި، މަޖިލީހުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލާއެކު 42 މެމްބަރުންގެ ސޮޔާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ގޮތަށް ބަދަލުކުރުމުން، މަސީހުގެ މައްސަލަ ތަޅުމުން ބޭޜުވެގެން ދިޔަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަސީހުގެ މަގާމުން ބޭރުކޮށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާނެ ކަމަށާއި މިހާރު ވެސް މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް ޔާމީނަށް ނެތް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް