ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 16:19
ރ. އިނގުރައިދޫ
ރ. އިނގުރައިދޫ
ފޭސްބުކް
ސިއްހީ މަރުކަޒު
ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފި
އެ ތިން ރަށަކީ ރ. އިނގުރައިދޫ، ނ. މާފަރު، އަދި ހއ. ކެލާ
ބީލަންތައް ކުރިއަށްގެންދާނެ ގޮތް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައި

ތިން ރަށެއްގައި ސިއްހީ މަރުކަޒު އިމާރަތްކުރުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ.

ސިއްހީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދުމަށް ފޮނުވާފައިވަނީ ރ. އިނގުރައިދޫ، ނ. މާފަރު އަދި ހއ. ކެލާގައެވެ.

މިގޮތުން އިނގުރައިދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 405،980،20ރ. ހުށަހަޅަންޖެހެއެވެ. މާފަރު ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތަށް 471،522.95ރ. ހުށަހަޅަންޖެހެއެވެ. އަދި ކެލާ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 474،506.08ރ. ހުށަހަޅަންޖެހެއެވެ.

މި ބީލަންތައް ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދާއި އުސޫލުތައް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

ބިޑް ހުށަހެޅުން އޮންނާނީ 8 ނޮވެންބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް