Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 20:14
ހުޅުމާލޭގައި ފުލުހުންނަށް އިމާރާތް ކުރަމުންދާ ފްލެޓްތައް: ބިދޭސީ މަސައްކަތްތެރިޔާ ނިޔާވެފައިވަނީ މި އިމާރާތުން ވެއްޓި
ހުޅުމާލޭގައި ފުލުހުންނަށް އިމާރާތް ކުރަމުންދާ ފްލެޓްތައް: ބިދޭސީ މަސައްކަތްތެރިޔާ ނިޔާވެފައިވަނީ މި އިމާރާތުން ވެއްޓި
ރާއްޖެއެމްވީ
ބިދޭސީއަކު ނިޔާވުން
ޕޮލިސް ފްލެޓް އިމާރާތްކުރަން އުޅުނު ބިދޭސީއަކު އިމާރާތުގެ މަތިން ވެއްޓި މަރުވެއްޖެ
ނިޔާވެފައިވަނީ ފަރުވާދެމުންދަނިކޮށް ބުރާސްފަތި ދުވަހު މެންދުރުފަހު
ބިދޭސީ މީހަކު ވެއްޓުނުކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ
ވެއްޓިފައިވަނީ އިމާރާތުގެ ވައިގޮޅިން

ހުޅުމާލޭގައި ފުލުހުންނަށް އަޅާ ފްލެޓްތައް އިމާރާތްކުރަން އުޅުނު ބިދޭސީއަކު، އެ އިމާރާތުގެ މަތިން ވެއްޓި މަރުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަންގްލަދޭޝްގެ މީހާ މަރުވެފައިވަނީ އިމާރާތުގެ ވައިގޮޅިން، 7 ވަނަ ފަންގިފިލާއިން، ދެވަނަ ފަންގިފިލާއަށް ވެއްޓުމާ ގުޅިގެންނެވެ. ޕޮލިސް ފްލެޓް އިމާރާތަކީ 14 ފަންގިފިލާގެ އިމާރާތެކެވެ. ބިދޭސީ މީހާ މަރުވީ އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.

އެ މީހާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލޭގައި ފުލުހުންނަށް އަޅާ ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތެރިވަނިކޮށް، ބުރާސްފަތި ދުވަހުގެ މެންދުރު އެ އިމާރާތުގެ މަތިން މީހަކު ވެއްޓިފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މަސައްކަތުގެ މާހައުލުގައި އެކިއެކި ހާދިސާތައް ހިނގުން މަދުކޮށް، މިފަދަ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، އިމާރާތް ކުރުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އެޅުމަށް، ކަމާބެހޭ ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް