Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 19:07
އެކްސިޑެންޓްވި ޕިކަޕްގެ ކުރި ހަލާކުވެފައި
އެކްސިޑެންޓްވި ޕިކަޕްގެ ކުރި ހަލާކުވެފައި
ޓްވިޓަރ
އައްޑޫ އެކްސިޑެންޓް
އައްޑޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ
ޕިކަޕް ޑްރައިވަރަށް ގެއްލުމެއް ނުވޭ

އައްޑު ސިޓީ ހިތަދޫ ބޮޑު މަގުގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ބުރާސްފަތި ދުވަހު އިރު އޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓްގައި އަނިޔާލިބިފައިވަނީ ސައިކަލްގައި ތިބި ދެ މީހުންނަށެވެ. މި އެކްސިޑެންޓްގައި ޕިކަޕް ޑްރައިވަރަށް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް އޭނާގެ ޕިކަޕަށް ވަނީ ގެއްލުން ލިބިފައެވެ.

"އެ މީހުންނަށް މާބޮޑެތި އަނިޔާއެއް ލިބިފައެއް ނެތް. އެކަމަކު ގައިގެ އެކި ތަންތަން ހުރީ މަށައިގެން ގޮސްފައި،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ހިތަދޫ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް