Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 17:30
މާފުށީ ބޭރުގައި އޮތް ކޮންނަ ބޯޓް
މާފުށީ ބޭރުގައި އޮތް ކޮންނަ ބޯޓް
ރާއްޖެއެމްވީ
މާފުށި
މާފުށީ ކައިރީގައި ފަޅެއް ހިއްކާތީ ރައްޔިތުން ކަންބޮޑުވެފައި!
ދެ ފިނޮޅު ވަނީ ގިރިގެން ގޮސްފައި
އެއީ ޑައިވް ޕޮއިންޓްސް ހުންނަ ތަނެއް، ގެސްޓުންނަށް ޑައިވް ކުރާކަށް ނުދެވޭ

މާފުށީ ކައިރީގައި އޮތް ފަޅެއް ހިއްކުމަށްޓަކައި، އެ ރަށު ކަނޑުއޮޅިން ވެލި ނެގުމުގެ ސަބަބުން، މި ސަރަހައްދު ކިލަނބުވެ، މާފުށީ ރައްޔިތުންގެ ކަންބޮޑުން އިތުރުވެއްޖެ އެވެ.

މާފުށިން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި ރަމަޟާން މަސް ފެށުނު ތަނާ ހެން ކޮންނަ ބޯޓެއް އެރަށްކައިރީ ކަނޑުއޮޅިން ވެލިނަގާތީ ރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އޭނާ ބުނީ ވެލިނެގުމާއި ގުޅިގެން އެރަށުގެ މޫދު މުޅިން ކިލަނބުގެ ރަށުގެ ޓޫރިޒަމަށް ވެސް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ.

މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ ރަށެކެވެ.

މިހާރު ފަޅު ކޮންނަމުންދާ ސަރަހައްދަކީ އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޑައިވް ޕޮއިންޓެއް ކަމަށް މާފުށީ ބައެއް މީހުން ބުންޏެވެ. ވެލިނަގައިގެން ފަޅު ހިއްކަމުންދާތީ، އެ ސަރަހައްދުގައި ކުރިން އޮތް ދެ ފިނޮޅެއް ގިރައިގެން ގޮސްފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ކަނޑުއޮޅިން ވެލި ނަގާތީ، އެކަމުގެ ކަންބޮޑުވުގެ މާފުށީގެ ބައެއް ރައްޔިތުން ކައުންސިލަށް ވެސް ހުށަހަޅާފައިވާ ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ކައުންސިލްގެ ބަހެއް ނުލިބެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މާފުށީ ކައިރި ކަނޑުއޮޅިން ވެލިނަގައިގެން ހިއްކަމުން ދަނީ މާފުއްޓާއި ގުރައިދޫ މީހުން މޫދަށްގޮސް ބާބަކިއު ހަދާ ފިނޮޅާއެކު އޮންނަ ފަޅެކެވެ.

ރިސޯޓް ތަރައްގީކުރަން މިފަޅު ދޫކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް