ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 07:03
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
ކަރަންޓް ކެނޑުން
ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ހެނދުނު ކަރަންޓު ކެނޑޭނެ
ހެނދުނު 8:00އާ 12:00އާ ދޭތެރޭ ކަރަންޓު ކެނޑިދާނެ
ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް ހޮނިހިރު ދުވަހު ކުރިއަށްގެންދާނެ

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ހޮނިހިރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައިވާ ގޮތުން އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް ހޮނިހިރު ދުވަހު ކުރިއަށްގެންދާނެއެވެ.

އެ މަސައްކަތުގެ ސަބަބުން ހެނދުނު 8:00އާ 12:00އާ ދޭތެރޭ ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ކަރަންޓް ކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ގަލޮޅުގެ ބަނަފްސާމަގު، ސަހަރާމަގު، ނިޔަނދުރު ގޯޅި، ބޮޑުރަސްގެފާނު މަގު، ރާދަފަތި ހިނގުން، ރުއްކެނޑިޔާ ހިނގުން، ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ދޮނަދަރާދަ ހިނގުން، ދޫހިމެރިމަގުގެ އިތުރުން ލޮނުޒިޔާރަތް މަގު ހިމެނެއެވެ.

 

ސްޓެލްކޯއިން ބުނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެނަމަ، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ޚިދުމަތް ދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް