Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 22:46
ރައީސް، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވަނީ
ރައީސް، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވަނީ
ރައީސް އޮފީސް
ޤައުމީ އިނާމު
ޤައުމީ އިނާމު މި އަހަރު 10 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި 3 ފަރާތަކަށް ދެއްވައިފި
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެއް

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކާއި 3 ފަރާތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

Advertisement

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 10 ބޭފުޅުންނަކީ:

  1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް، މ. ޑައިމަންޑްވެލީ
  2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ
  3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: އަލްފާޟިލް ޢަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ
  4. ތަޢުލީމީ ދާއިރާއިން: ޑޮކްޓަރ އަޙްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ
  5. ޞިއްޙީ ދާއިރާއިން: އަލްފާޟިލް އަޙްމަދު ނާޝިދު، ހ. ރަންރިބުދޫ
  6. ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޒާހިރު، މއ. ކިނާރާހައުސް
  7. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލާ ޒަރީނާ އަޙްމަދު ދީދީ، ކުމުންޒާނިގެ، ސ. ފޭދު
  8. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލް އަޙްމަދު ޢަލީ މަނިކު، ގ. ވިޔަވަތި
  9. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޞާލިޙް، މ. ޝުއާޒް
  10. މަސައްކަތްތެރިކަމުގެ ދާއިރާއިން: އަލްފާޟިލާ ޢާބިދާ އިސްމާޢީލް ޢަލީ، މ. ކަނޑޫކުރި

ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް 19 ބޭފުޅުންނާއި 3 ފަރާތަކީ:

  1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ މުޙައްމަދު ވަޙީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު
  2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އައްޝައިޚް އިލްޔާސް ޙުސައިން، ސިޕަރ، ސ. ހިތަދޫ
  3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ
  4. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ
  5. ތަޢުލީމީ ދާއިރާއިން؛ ތަޢުލީމު އުނގަންނައިދިނުމުގެ ރޮނގުން: އަލްފާޟިލް ޢަލީ ނަޞީރު، ހ. ވުޑްލޭންޑް
  6. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
  7. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގެ ރޮނގުން: އަލްފާޟިލާ ޢާއިޝަތު ޒަޢީމާ، ހުސްނޫވިލާ، މ. މުލައް
  8. ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ
  9. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197)
  10. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށާއި، ދިވެހީން އަހުލުވެރި ކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލާ މަރްޔަމް ނޫރައްދީން، މ. ތާނގީދޮށުގެ
  11. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމުގެ (ވޮލަންޓިއަރިޒަމް) ރޮނގުން: އަލްފާޟިލް ޢަބްދުﷲ ޢަލީ، ރަބީޢުގެ، ށ. ފުނަދޫ
  12. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ލޭ ހަދިޔާކުރުމުގެ ރޮނގުން: އަލްފާޟިލް ޢަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު
  13. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން؛ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
  14. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ވިޔަފާރީގެ ގޮތުގައި އެކިއެކި މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލް ޢަދީލް އިސްމާޢީލް، މ. ސަންބީމް
  15. މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލާ ޖޫދީ ޚާލިދު، ހ. ވަޅުފެހި
  16. ޑައިވިންގގެ ދާއިރާއިން؛ ރިކްރިއޭޝަނަލް ޑައިވިންގގެ ރޮނގުން: އަލްފާޟިލް ފަހުދު ފާއިޒް، މ. ގްލެންވިލާ
  17. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ ދިވެހީން ބިނާކޮށް އެމީހުން މަސައްކަތަށް ނެރުމުގެ ރޮނގުން: އަލްފާޟިލާ ޢާއިޝަތު އިބްރާހީމް، ހ. ކުއްޅަވައްގަސްދޮށުގެއާގެ
  18. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ޒިންމާދާރު ނޫސްވެރިކަންކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ޙަމްދޫން، އަތިރީގެ، ސ. ހުޅުދޫ
  19. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން: ސަރޖަންޓް މޭޖަރ އިސްމާޢީލް މާދީ، މއ. ބެލްޖިއަމްގެ
  20. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް
  21. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން: ޑީ ޓިއުން ބޭންޑް
  22. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: އަލްފާޟިލް ޙަސަން ފަރުޙާން މުޙައްމަދު، މ. މިޓްރީޕާރކް
ރައީސް، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވަނީ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި، ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް