Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 14:35
ހުޅުމާލެ
ހުޅުމާލެ
ގޫގުލް
ނުރައްކާތެރި އެކްސިޑެންޓް
އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ އަދިވެސް އައިސީޔޫގައި، ހާލު އަންނަނީ ރަގަޅުވަމުން!
މިހާދިސާގައި އަނިޔާވީ 23 އަހަރުގެ އަންހެންކުއްޖަކަށް
އެކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު
މިހާދިސާގައި ދެން އަނިޔާވީ ސައިކަލް ދުއްވަން އިން ފިރިހެން މީހާއަށް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ހާލު ރަގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އައްފާލު ވިދާޅުވީ، މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު މިހާރު ރަގަޅުވަމުން އަންނަ ކަމަށެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި އައިސީޔޫއިން ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އޭނާއަށް ވެޓިލޭޓަރުގައި ފަރުވާދެވުނު ނަމަވެސް، މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައްފާލު ވިދާޅުވި އެވެ.

އެ އަންހެން ކުއްޖާއަށް ފަރުވާ ދެމުންގެންދާ އިރު، އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވެސް މީގެ ކުރިން ވަނީ ކޮށްފަ އެވެ.

މިމަހުގެ 8 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 23 އަހަރުގެ އަންހެން މީހާ ސިންގުޑިއަށް ވަނީ ލޭ އެޅިފަ އެވެ.

ފުލުހުން ބުނީ، މިހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި، މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔުމުން، ހުޅުމާލޭ އެމްޕީއެލް ހުންނަ މަގުގައި އަޅާފައިވާ ބަންޕަރެއް މަތިން އެރިވަގުތު ކޮންޓްރޯލް ނުކުރެވިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ފައި ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާއިރު، ސައިކަލް ފަހަތުގައި އިން އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް