Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 06:57
ހޯރަފުށީގައި ހޮސްޕިޓަލް އެޅުމަށް ބަޔަކު ހޯދުމަށް ވަނީ ފޮނުވާފައި
ހޯރަފުށީގައި ހޮސްޕިޓަލް އެޅުމަށް ބަޔަކު ހޯދުމަށް ވަނީ ފޮނުވާފައި
ފެނަކަ ކޯޕަރޭޝަން
ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ
ތިން ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ
ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފޮނުވާފައިވަނީ ހއ. ހޯރަފުށި، ބ.ތުޅާދޫ، ރ.މީދޫ

ތިން ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފޮނުވާފައިވަނީ ހއ. ހޯރަފުށި، ބ.ތުޅާދޫ، ރ.މީދޫ ގައެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހޯރަފުށި ހޮސްޕިޓަލް އެޅުމަށް ފަސްލައްކަ ރުފިޔާ ހިމަނާފައިވާއިރު ތުޅާދޫ ހޮސްޕިޓަލް އެޅުމަށް ހިމަނާފައިވަނީ 4.4 މިލިއަން ރުފިޔާ އެވެ. އަދި މީދޫ ހޮސްޕިޓަލް އެޅުމަށް ހަ މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

Advertisement

މިސަރުކާރުން ވަނީ 12 ރަށެއްގައި ޒަމާނީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާ އެރަށްތައް އިއުލާންކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ވިލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލީ އަދި ގދ. ގައްދޫ އެވެ. މި ހުރިހާ ރަށެއްގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެއްވެސް ރަށެއްގައި އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.

މީގެއިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެމަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް