ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 22:26
އަހުމަދު ނަޝީދު
އަހުމަދު ނަޝީދު
ރާއްޖެއެމްވީ
މީހުން ބިނާކުރުން
ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި، ތަމްރީނު ދިނުމުގެ 104 ސްޓޭންޑަރޑެއް
ލެވެލް 1 އަދި 2ގެ ޕްރޮގްރާމުތައް ހިމެނޭ
ގިނަ ސްޓޭންޑަރޑްތަކަކީ ލެވެލް 3 އަދި 4ގެ ސްޓޭންޑަރޑް

ތަމްރީނު ދިނުމުގެ 104 ސްޓޭންޑަރޑެއް މިހާރު އުފައްދާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްއެންއެސްޑީއޭއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ތަމްރީނު ދިނުމަށް އެ އިދާރާއިން ސްޓޭންޑަރޑުތަކެއް އުފައްދާކަަމަށެވެ.

މިހާތަނަށް އައިއިރު 104 ސްޓޭންޑަރޑެއް އުފައްދާފައިވާކަމަށާއި، ކޮންމެވެސް ވަރަކަށް ލެވަލް 1 އަދި 2 ވެސް ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ. މައިގަނޑުގޮތެއްގައި ހިމެނޭނީ ލެވެލް 3 އަދި 4 ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މި ސްޓޭންޑަރޑްތަކުން ތަމްރީނު ހިންގުމަށް ރަޖިސްޓްރީ ވާންޖެހޭނެކަމަށެވެ. އެ ފަރާތަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭކަމަށެވެ. އަދި ރަޖިސްޓްރީވެވުމާއެކު، ތަމްރީނު ދޭނީ ކޮން ސްޓޭންޑަރޑަކުންކަން ހުށަހަޅަންޖެހޭނީ އެފަރާތަކުން ކަމަށެވެ. ނަޝީދު ވިދާޅުވީ ޕްރޮގްރާމުތައް ހުށަހެޅުމުން އެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް އެފަރާތެއްގައި ހުރީ ކިހާ ގާބިލުކަމެއްތޯ ބަލާނެކަމަށެވެ.

ފާމަސީ ކޯހެއް ހިންގާނަމަ ފާމަސީގެ އެ ކޯހެއް ހިންގޭވަރަށް އެތަނުގައި ހުންނަންޖެހޭނެ ވަސީލަތް. ވެލްޑިންގ ކޯހެއް ހިންގާނަމަ ވެލްޑިންގ ހިންގޭވަރަށް ހުންނަންޖެހޭނެ ވަސީލަތް. ކިޔަވައިދޭ މީހުންވެސް ތިބެންޖެހޭނެ.
އަހުމަދު ނަޝީދު

ތަމްރީނު ޕްރޮގްރާމެއް ފަށާއިރު އެ ޕްރޮގްރާމެއްގެ މައުލޫމާތާއި ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު އެމްއެންއެސްޑީއޭއަށް ހިއްސާކުރަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް