Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 18:48
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު
މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އާ އިސްލާހު ބުނާގޮތުން، ޔުނިވަސިޓީއަކަށް ވުމަށްޓަކައި، ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހޭ
މިހާރު ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީކުރެވެނީ، ކޮލެޖުގެ ގޮތުގައި ހިންގާތާ 20 އަހަރު ވުމުން
ބިލަށް ޚިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލީ ހޯމަ ދުވަހު

ރާއްޖޭގައި ކޮލެޖުގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތައުލީމުދޭ މަރުކަޒުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލިމާއި ތަމްރީނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އާއްމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުން ބުނީ، މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރަމުންދާ އެ މައްސަލައަށް ޚިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލީ ހޯމަ ދުވަހު ކަމަަށެވެ. އެހެންކަމުން އެ ބިލަށް ހުށަހަޅަން ބޭނުންވާ އިސްލާހެއް ނުވަތަ ޚިޔާލެއް އޮތްނަމަ [email protected] އަށް މެއިލް ކުރެއްވުމަށް، ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން އެ ޚިޔާލެއް ނުވަތަ އިސްލާހެއް ފޮނުވުމަށް މަޖިލީހުން ވަނީ އެދިފައެވެ. މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ 11 އޮކްޓޯބަރ 2022ގައެވެ.

Advertisement

އެ އިސްލާހުގައި ބުނާގޮތުން، މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހެއެވެ. ނުވަތަ ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހޭދަކޮށްފައިވާ ކޮލެޖަކަށް އެ ކޮލެޖެއް ވާންޖެހޭނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި، ޖަމާއަތްތަކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބުމުގެ އިތުރުން، އެ ކޮލެޖެއްގެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ލެކްޗަރަރއިންގެ މަދުވެގެން %10 މުވައްޒަފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަރ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

މިހާރު އޮތްގޮތުން ޔުނިވަރސިޓީގެ ގޮތުގައި ތައުލީމް ދޭ ތަނެއް ރަޖިސްޓްރީ ކުރެވޭނީ ކޮލެޖުގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރުވެފައިވުމުންނެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ ދަރަޖަ ލިބެނީ، ރާއްޖެއިން ބޭރުގައި ހިންގަމުން ދާތާ 10 އަހަރު ވެފައިވާ ޔުނިވަރސިޓީތަކަށެވެ. އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ އަދަދު 15 އަހަރަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް