ކ. މާލެ
|
21 ޖޫން 2017 | ބުދަ 21:08
ސައޫދީގެ ފޮރިން މިނިސްޓަރ ވޮޝިންގޓަންގައި: އެމެރިކާއިން ވަނީ ޤަތަރު މައްސަަލައިގައި ސުވާލު އުފައްދާފައި
ސައޫދީގެ ފޮރިން މިނިސްޓަރ ވޮޝިންގޓަންގައި: އެމެރިކާއިން ވަނީ ޤަތަރު މައްސަަލައިގައި ސުވާލު އުފައްދާފައި
އަލްޖަޒީރާ
ޤަތަރުގެ މައްސަލަ
ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ
އެމެރިކާއިން ބުނަނީ ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅި ސަބަބު ސާފުނުވާކަމަށް

ސައުދީ އަރަބިއާ އާއި ގަލްފުގެ ޤައުމުތަކަކުން ޤަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ސަބަބު ސާފުކޮށް ބުނެދޭން ޖެހޭކަމަށް ބުނެ ޤަތަރާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ގައުމުތަކާ މެދު އެމެރިކާއިން ސުވާލު އުފައްދައިފިއެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް ޑިޕާޓުމެންޓުގެ ތަރުޖަމާނު ހެދަރ ނޮއާޓް ވިދާޅުވީ ވަގުތު ފާއިތުވަމުންދާވަރަކަށް ސުވާލުތައް އިތުރުވަމުންދާ ކަމަށެވެ. އަދި ފިޔަވަޅުތައް އަޅާފައިވަނީ ޤަތަރާ ދެކޮޅު ގައުމުތަކުން ބުނި ގޮތަށް ޓެރަރިޒަމަށް ޤަތަރުން ތާއީދު ކުރާތީތޯ، ނުވަތަ ގަލްފް ކޯޕަރޭޝަންގެ ގައުމުތަކުގެ މެދުގައި ހުރި އެހެން ހިތްހަމަ ނުޖެހުންތަކަކާއި ގުޅިގެންތޯ ސުވާލު އުފެދޭ ކަމަށް ހެދަރ ވިދާޅުވިއެވެ.

ޤަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދު ކުރެއްވި ނަމަވެސް އެމެރިކާއިން ދައްކަމުންދަނީ މުޅިން އެހެން މަންޒަރެކެވެ. ޤަތަރާ މެދު ގަލްފުގެ ގައުމުތަކުން ފިޔަވަޅު އަޅާފައިވީނަމަވެސް އެމެރިކާއިން ދަނީ އެގައުމާއިއެކު ގުޅުން ބަދަހި ކުރަމުންނެވެ.

ގަލްފުގައި މަސްލަހަތު އިތުރަށް ގޯސްވަމުންދާއިރު ޤަތަރުން ވަނީ އެ ގައުމާ މެދު އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ނުގެންނަނީސް ގަލްފްގެ ގައުމުތަކާ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ބުނެފައެވެ.

ގަލްފުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެއް ހުރީވެސް ގަތަރުގައެވެ. އެމަރުކަޒުގައި އެގާރަ ހާސް އެމެރިކާ ސިފައިން ހަރަކާތްތެރިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް