ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 21:28
ކޭކްއޮލޮޖީ މުބާރާތަށް ނަޝީ އެޅި ކޭކް
ކޭކްއޮލޮޖީ މުބާރާތަށް ނަޝީ އެޅި ކޭކް
ރާއްޖެއެމްވީ
ކޭކްއޮލޮޖީ މުބާރާތް
ކޭކްއޮލޮޖީ މުބާރާތް: ވެޑިންގ ކޭކް ކެޓަގަރީން ގޯލްޑް އެވޯޑް ނަޝީއަށް
މުބާރާތުގެ ފަނޑިޔާރަކު ނަޝީގެ މަސައްކަތަށް ތައުރީފުކުރެއްވި

ކޭކްއޮލޮޖީ މުބާރާތުގައި ވެޑިންގ ކޭކް ކެޓަގަރީން ގޯލްޑް އެވޯޑް، މަޝްހޫރު ކޭކު އެޅުންތެރިޔާ އާމިނަތު ނަޝީދާ (ނަޝީ)އަށް ލިބިއްޖެއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 23 ސެޕްޓެމްބަރުން 25 ސެޕްޓެމްބަރަށް އިންޑިއާގެ މުމްބާއީ އެގްޒިބިޝަން ސެންޓަރުގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ނަޝީ ބުނީ، މުބާރާތުގެ ފަނޑިޔާރަކު އޭނާގެ މަސައްކަތަށް ތައުރީފުކުރެއްވި ކަމަށެވެ.

ނަޝީ ބުނީ މުބާރާތުގައި އެޅި ކޭކަކީ ހަތަރު ދުވަހުގެ މަސައްކަތް ކަމަށެވެ. ކޭކު ތައްޔާރުކުރިއިރު ބެލީ ތަންކޮޅެއް މޮޑަރން ގޮތަކަށް، އަދި ތަފާތުގޮތަކަށް ކޭކު ތައްޔާރުކުރުމަށްކަމަށެވެ.

ކޭކު އަޅަން ފެށިތަނާ ވަރަށް ބޮޑަށް ބަލިވުމުން އުންމީދު ކަނޑާލިކަމަށާއި، ނަމަވެސް ގޯލްޑް ކެޓަގަރީން ވަނަ ލިބުމުން ވަރަށް އުފާވިކަމަށެވެ.

ނަޝީ ދަނީ ރާއްޖޭން ބޭރުގައި ބާއްވަމުންދާ މިފަދަ އެކި މުބާރާތްތަކުގައިވެސް ބައިވެރިވަމުންނެވެ. އެގޮތުން ކޭކް ސްޓާރ ކޮމްޕެޓިޝަންގައި މިއަހަރުވެސް ނަޝީ ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގެ ފައިނަލަށް ވަނީ ގޮސްފައެވެ.

މިދިޔަ އަހަރުވެސް ނަޝީ ވަނީ ކޭކް ސްޓާރ މުބާރާތުގައި ބައިވެރިވެފައެވެ. ކޭކް ސްޓާރ މުބާރާތުގެ ވެޑިންގ ކޭކް ކެޓެގަރީން އެއްވަނައަށް ނަޝީ ވަނީ ގޮސްފައެވެ. އެ މުބާރާތުގައި 34 ގައުމަކުން ބައިވެރިވިއެވެ.

- ކޮމެންޓް