ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 12:46
ގައުމީ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ
ގައުމީ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ
ރައީސް އޮފީސް
ބައިނަލްއަގުވާމީ އަހިންސަ ދުވަސް
އަހިންސަ މުޖުތަމައެއް އުފެއްދޭނީ މުޖުތަމައުގެ ހުރިހާ ފަރުދުން ބައިވެރިވެގެން: އިމްރާން
އަހިންސަ މުޖުތަމައެއް ބިނާކުރުމަށް ދިވެހިން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވި

އަހިންސަ ނުވަތަ އަމާން މުޖުތަމައެއް އުފެއްދޭނީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން ލިބިގެން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ އަހިންސަ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އެ ބަސްދީގަތުމުގައި އޭނާ ވިދާޅުވީ އަމަން އަމާންކަމާއި ރައްކާތެރިކަން ނެތް މުޖުތަމައެއް ވިލުންވެރި މުޖުތަމައަކަށް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަން ޤާއިމް ކުރުން ކަމަށެވެ. އަދި އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއް ކަމަށާއި، އެފަދަ މުޖުތަމައެއް ގާއިމްކުރެވޭނީ އެ މުޖުތަމައެއްގެ ހުރިހާ ފަރުދުންގެ އެއާބާރުލުމާއެކުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން، ސަރުކާރާއި ސަރުކާރު ހިމެނޭ މުއައްސަސާތަކާއި ވަކިވަކި ފަރުދުން އަހިންސައަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދޭދޭ ގުޅުންތަކާއި މުޖުތަމައާއި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލު ކުރުމުގައި އަނިޔާވެރިކަން އިސްނުކުރުމަށް ވެސް މިނިސްޓަރު އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

ބައިނަލްއަގުވާމީ ގޮތުން އަހިންސަ މުޖުތަމައެއް ގާއިމްކުރުމަށްޓަކައި ދިވެހި ރާއްޖެއަކީވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަން ފާހަގަކުރައްވައި އިމްރާން ވަނީ ދިވެހި މުޖުތަމައަކީ އަހިންސަ މުޖުތަމައަކަށްވުމަށްޓަކައި ދިވެހި ހުރިހާ ރައްޔިތުންބައިވެރިވެގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް