Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 16:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު
ރައީސް އޮފީސް
ފެނަކަ އިންޖީނުގެ ހުޅުވުން
ރަށްރަށުގައި މީހުން ދިރިއުޅެން ބޭނުންވާ ޒަރޫރީ ކަންކަން މި ފުދުނީ އަދި ކިރިޔާ: ސައީދު
ރައީސް ވަނީ ރަށްރަށުގެ ހާލަތު ވަކި ވަކިން ބައްލަވާލައްވައިފައި
ތަރައްގީގެ މަޝްރޫއުތައް ހިންގަން މަގު ފަހިވީ އަދި ކިރިޔާ

ރަށްރަށުގައި މީހުން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކަންކަން މި ފުދުނީ އަދި ކިރިޔާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައިދު މިފަދައިން ވިދާޅުވީ ހއ. އުތީމުގައި ގާއިމްކޮށްފައިވާ ފެނަކަ އިންޖީނުގެ ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. އުތީމުގައި ހުރި އިންޖީނުގޭގެ ސަބަބުން އެރަށު ރައްޔިތުން ވަނީ 24 އަހަރު ވަންދެން ބޮޑު ތަކުލީފެއް އުފުލާފައެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިހާ ހިސާބަށް ރަށްރަށުގެ ޚިދުމަތްތައް ދަށްވެގެން ގޮސްފައިވަނީ ހަގީގަތުގައިވެސް އެއްވެސް ސަރުކާރަކުން އެއްވެސް ވާހަކައެއް އަޑު ނާހާތީ ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެން ރަށްރަށުގެ ހާލަތު ވަކި ވަކިން ބައްލަވާލައްވާފައިވާ ކަމަށާއި، އެއްވެސް މައްސަލައެއް ދިމާވާނަމަ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ބާރުއަޅުއްވާފައިވާކަމަށެވެ.

ސައީދު ވިދާޅުވީ ރަށްރަށުގައި މީހުން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކަންކަން މި ފުދުނީ އަދި ކިރިޔާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ މަގު ފަހިވީ އަދި ކިރިޔާ ކަމަށާއި، މިއީ ކުރިން ކުރެވޭނެ ކަންކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމަން މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދޭނަމޭ ވިދާޅުވެވުނު ހަމައެކަނި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
އަހްމަދު ސައީދު މުހައްމަދު

ސައީދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ދިމާވި ގޮންޖެހުންތަކާއެކުވެސް އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓައި ކުރިއަށްގެންގޮސްފައިވާކަމަށެވެ. އުތީމުގައި 7،000 މީޓަރުގެ ނެޓްވޯކަކާއެކު، 1 މެގަވޮޓާ ކައިރި އިންޖީނުތަކަކާއެއްކޮށް ފެނަކަ އިންޖީނުގެ ހުޅުވިގެން ދިޔައީ މި މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގެންގޮސްފައިވާތީ ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް