ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 16:33
ރައީސް ޔާމީންގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
ރައީސް ޔާމީންގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެ އެމްވީ
ސަރުކާރު
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
މުއިއްޒުގެ މިނިސްޓްރީން ހިންގާ މަގުހެދުމުގެ ޕްރޮޖެކްޓަށް ރައްޔިތުންެގެ ފާޑުކިޔުން އިންތިހާއަށް އޮވޭ
ބައެއް މަސްވެރިންނާއި ދަނޑުވެރިން ޝައިނީ ދައްކަވާ ވާހަކަތައް ގަބޫލެއް ނުކުރޭ

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ތެރޭގައި ވަރަށް ގިނަ މައްސަލަތައް އުޅޭކަމުގެ ވާހަކަތައް އަބަދުވެސް ދެކެވެއެވެ. ސަބަބެއް ނެތިއެއްވެސް ނޫންނެވެ. މި ސަރުކާރަށް ތިން އަހަރާއި ބައިވިއިރު، މިވަގުތު ހުންނެވީ ތިންވަނަ ނާއިބު ރައީސެވެ. ޑިފެންސް މިނިސްޓަރު ނިދާ ހޭލާއިރަށް އޮންނަނީ ބަދަލުވެފަ އެވެ. ގިނަ މިނިސްޓްރުންތަކެއް ވަކިކޮށް، ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ރާޒުވާ ކުޅިބައެއްހެން އަތުރާލައަތުރާލަ އުޅޭތަން ފެނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު އިދިކޮޅު ފަރާތްތަކުން ތިބީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ބަލަން މަގުގެ އެއްފަރާތުގައެވެ. އެހެން ހުންނަނިކޮށް ދައުލަތުގެ ފައިސާއިން ބޮޑެތި ކޮރަޕްޝަންތަކާއި ހިޔާނާތްތައް ހިންގަމުންދާކަން ފެންމަތިވާންފެށި އެވެ.

ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މާލެ އާއި ރައްޖެއިން ބޭރުންގެ އާއި އަގު ބޮޑު ކާރުކޮޅުތަކާއި އަތްބެއްހުރި ނަމަ ދެވަނަ އަތްބެއް ހޯދުމާއި ދެއިރު ދެ ދަޅައަށް އަޅަން ރޮލެކްސް ގަޑިއާއި އިދިކޮޅު މީހުންނަށް ނުގަނެވޭވަރުގެ އަގުބޮޑެތި އަނގޮޓިތަކާއި ދެން މިހެންކިޔާނެ ކަމެއްނެތެވެ. ނަންހުސްކޮށް ހުރިހާއެއްޗެއް އެބޭފުޅުންގެ އަތުގައި އެބަހުއްޓެވެ.

ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުންގެ ލަގްޒަރީ ދިރިއުޅުއްވުން ފެނިގެންދިއައީ ކުއްލިއަކަށެވެ. މީހަކު އަމިއްލަ ވިޔަފާރިއެއް ހިންގައިގެން ނުވަތަ އުޅޭ ވަޒީފާއަކުން ލިބޭ މުސާރައަކުން އެވަރުގެ މުއްސަނދިކަމެއް ނުލިބޭނެ ކަން އެނގެ އެވެ.

އެހެންއެކަން އޮތްވާ އެންމެފަހުން ފަޅާއެރީއެވެ. ރާއްޖޭގެ ރަޅުރަށްރަށާއި ފަޅުތަކާއި ބިންތައް ނުއަގުގައި ވިއްކާ ހުސްކޮށްފި އެވެ. ސަރުކާރުގެ އެމްއެމްޕީއާރުސީ އޭ ކިޔާ ކުންފުންޏެއްގެ ދަށުން، ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ގިނަ ބައެެއްގެ ބައިވެރިވުން އޮތް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވެސް 1.22 ބިލިއަން ރުފިޔާ އެވެ. ސަރުކާރުގެ އެހެން ކުންފުނިތަކުންވެސް ގިނަ އަދަދެއްގެ ފައިސާގެ ކޮރަޕްޝަނާއި ހިޔާނާތްތައް ހިންގާފައިވެއެވެ.

ސިއްސައިގެންދާވަރުގެ ބޮޑު މަނީ ލޯންޑްރިންެގ މައްސަލައެއް ފެންމަތިވިއެެވެ. ބައިނަލްއަގްވާމީ ގޮތުން އެމައްސަލަ ގައުމުތަކުގެ ސަމާލުކަމަށް ވެސް އައެވެ. 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ މައްސަލައާއި ގުޅިގެން "ސްޓީލިންގ ޕެރަޑައިސް"ގެ ނަމުގައި ދުނިޔޭގެ މަޝްހޫރު އެއް ޓީވީ ޗެނަލް ކަމަށްވާ އަލްޖަޒީރާއިން ޑޮކިއުމެންޓްރީއެއް އާއްމުކޮށްފި އެވެ.

ސަރުކާރުގެ ކަންކަން ބޮއްސުންލާ ސަލާމަތް ނުވެވޭވަރަށް މައްސަލަތައް ފެންމަތިވެ، ސަރުކާރުން ހިންގި އެޖަރީމާތަކުގައި ބައިވެރިވި އެއްބަޔަކު ޖަލަށްލާއި ދެން ތިބި ބަޔަކު އެތިބީ ދެންވާނެ ގޮތަކާއިމެދު ބިރު ސިހިސިހި އެވެ. ސަރުކާރަށް އޮތް އިތުބާރު ވަނީ ފަނޑުވެފައެވެ.

މިސަރުކާރުގެ ތެރޭގަައި މައްސަލަ އުޅޭކަން ފާހަގަކުރެވޭ ކަންކަން ކަމުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ ހައުސިންގ މިނިސޓަރ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ބައެއް ކަންކަމުންނެވެ. މާލޭގެ މަގުތަކަށް ގެންނަ ބަދަލުތަކާއި ކުރާކަންތަން ދެކޮޅު ނުޖެހި ހިންގާ ގިނަ މަޝްރުއުތައް ނުނިމޭ ވާހަކަތަތަކީ އާވާހަކަތަކެއް ނޫނެވެ. ދޫފުޅުން ބޭރުވާ ދެބަހުން އެއްބަސް، "ރައީސް ޔާމީން" އޭ ވިދާޅުވާ މުއިއްޒު ކުރައްވާ ކަންކަމުން އަދި ވިދާޅުވާ ބައެއް ވާހަކަތަކުން ދެންމެދެންމެ މިނިސްޓަރުކަމުން ވަކިކުރައްވަފާނެހެންވެސް ހީވެއެވެ. އެއީ ރައްޔިތުންގެ ނުރުހުމުގެ ގިނަ ބަސްތައް މުއިއްޒަށް އަމާޒުނުވާ ދުވަހެއް މަދުވާނެއެވެ. އެހެންކަމުން ރައްޔިތުން ނުރުހޭ ބޭފުޅަކު އަދި ރައްޔިތުންެނަށް ޖެއްސުންކުރާ ކަހަލަ ގޮތަކަށް ކަންކަން ކުރައްވާ ބޭފުޅަކު މިނިސްޓަރު ކަމުގައި ބެހެއްޓުމަކީ ރައިސަކު ކުރައްވާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ އެވެ. އެހެން ނޫނީ އެކަންކަމަކީ ރައީސް ޔާމީނާއި ރައްޔިތުންނާއި ޖެއްސުމަށް ހިންގާ ކަންކަމަށްވުންވެސް އެކަށީގެންވެއެވެ.

ރައްޔިތުންގެ އެންމެ ކަންބޮޑުވި އެއްމައްސަލައަކީ އިސްލާމީ މަރުކަޒުގެ ދެފަރާތުގެ މަގަމަށް ސަރުކާރުން ގެނެސްފައިވާ ބަދަލެވެ. އެ ބަދަލުގެ ސަބަބުން މުޅި މާލޭގެ ޓްރެފިކް ފްލޯއަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އިސްލާމީ މަރުކަޒުގެ ސަރަހައްދުގައި ޖެހި މާބުލްތައް އަލުން ބަދަލުކުރިއިރުވެސް މާލޭ ޓްރެފިކް ކަންކަމަށް ހައްލެއް ގެނެވޭގޮތެއް ނުވި އެވެ. އެއްދުވަހު ނިދާ ހޭލާއިރަށް ގިނަ މަގުތަކަށް ބަދަލުތަކެއް ގެނެސް ދިމާ އިދިކޮޅަށް ދުއްވަންޖެހިދާނެ އެވެ. މިކަންކަމުންވެސް މިސަރުކާރަށް ރައްޔިތުންގެ ނުރުހުން އިންތިހާއަށް ލިބެމުން ދެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު މާލޭގެ މަގުތަކަށް ގެނެސްފައިވާ ބަދަލުތަކަކީ މިހާރު މިއިން ޒަމާނަކުވެސް ގެނެސްފައިވާ ބަދަލެއް ނޫނެވެ. މިފަދަ ބޮޑެތި ބަދަލެއް ގެންނަނަމަ ގިނަ ރައްޔިތުން ރުހޭ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅަށް ކުރާނަމަ ވެސް އެންމެ ރަނގަޅެވެ. ނަމަވެސް މިހާރު މާލޭގެ މަގުތަކަށް ގެނެސްފައިވާ ބަދަލުން ޓްރެފިކް މައްސަލަތަކަށް ހައްލެއް ނުލިބޭއިރު ރައްޔިތުންގެ ރުހުމެއްވެސް ނުލިބެއެވެ.

ދެންއޮތީ ސަރުކާރުގެ ވެރިން 24 ގަޑިއިރު ކަރަންޓް ޔާގީނޭ ވިދާވާވަރަކަށް ރަށްރަށުންނާއި މާލެއިން ކަރަންޓް ކެނޑޭ މައްސަލަތަކެވެ. 24 ގަޑިއިރަށް ކަރަންޓް ޔަގީންވާނީ ފުރަތަމަ ކަރަންޓް ނުކެނޑޭނެ ކަމުގެ ޔަގީންކަށް ލިބިގެންތާއެވެ. ކަރަންޓް މައްސަލަތަކުގައި ސަރުކާރަށް ނުރުހުން ލިބޭލެއް ވަކި މަދެއް ނޫނެވެ.

މަސްވެރިން ރުޅި އެރުވުމުގައި ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވަރެއް ހަމަ ނުހުންނާނެ ކަމަށް ރައްޔިތުން ބުނެއެވެ. މަސްވެރިންނަށް ދޭންބުނި "ބެޔަސް ނުބެޔަސް 10000ރ" އޭބުނެ ވީވައުދާއި ދަނޑުވެރިންނަށް ސަރުކާރުން ދޭންބުނި 8000ރ ވީތަނެއްވެސް ނޭނގެއެވެ. މަސްވެރިންނާއި ދަނޑުވެރިން ސަރުކާރާއި ޖެއްސުމަށް އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ޝައިނީ ކަމަށް އެފަރާތްތަކުން ބުނެއެވެ. މަސްވެރިން ބުނަމުންދަނީ އެފައިސާ ކޮޅު ނުދެވޭތާނގައި ދައްކަވާ ވާހަކައިގައި ތެދުހައްދަވާނަމަ ވެސް އެންމެ ރަނގަޅުތާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް