ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 07:07
އައިޝަތު އަރީފާ
އައިޝަތު އަރީފާ
ރާއްޖެއެމްވީ
ދައުލަތަށް ގެއްލޭ ފައިސާ އަނބުރަ ހޯދުން
ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ނިޒާމުގައި ގޮންޖެހުންތަކެއް އެބަހުރި: އޭސީސީ
އެސެޓް ރިކަވަރީގެ ގައުމީ ނިޒާމެއް ގައިމުކުރުމަށް ދިރާސާއެއް ވަނީ ކޮށްފައި
ކޮރަޕްޝަނުން ގެއްލޭ ފައިސާ އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ނެތް

އެކި ގޮތްގޮތުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ނިޒާމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު އަރީފާ ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީގެ ގައުމީ ނިޒާމެއް ގައިމުކުރުމަށްޓަކާ މަސައްކަތްތަކެއް ކުރުމަށް ފަށައިގަތުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރަސާގައި ބަލާފައިވާ މައިގަނޑު ކަންކަމަކީ ކުށް ކޮށްގެން ހޯދާ ފައިސާއާއި އޭގެ މަންފާއާއި އަދި ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އަދި އޭގެ މަންފާ ދައުލަތަށް ނެގޭނެ ގޮތުގެ ގާނޫނީ އޮނިގަނޑު ރާއްޖޭގައި އޮތް ގޮތް ބަލާފައެވެ.

Advertisement

މި ދިރާސާއާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އަރީފާ ވިދާޅުވީ ރާއްޖޭގައި މަނީ ލޯންޑަރިންގެ ކުށްތަކުން ހޯދާ މުދަލާއި ފައިސާ އަދި އޭގެ މަންފާ ދައުލަތަށް ނެގޭނެ ގޮތްތައް ގާނޫނީ އޮނިގަނޑުގެ ތެރޭގައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް ކޮރަޕްޝަން ފަދަ ކުށްތަކުން ދައުލަތަށް ގެއްލޭ ފައިސާ އަދި އޭގެ މަންފާ ދައުލަތަށް ނެގޭނެ ހަރުދަނާ ގޮތްތަކެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި މި ބޭނުންކުރާ ނިޒާމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ދިރާސާގައި ފާހަގަކުރެވިފައިވާކަމަށް އަރީފާ ވިދާޅުވިއެވެ. މި ގޮންޖެހުންތަކަށް ވަށާޖެހޭ ހައްލެއް ހޯދަންޖެހޭ ކަމަށާއި، މިކަން ކުރެވޭނީ އެސެޓް ރިކަވަރީގެ ގައުމީ ނިޒާމެއް ގާއިމުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަރީފާ ވިދާޅުވީ ދިރާސާގެ އަލީގައި ގިނަ ކަންތައްތަކެއް ކުރަން އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ދުރު ރާސްތާގައި ކުރާނެ ކަންތައްތަކާއި، މިހާރުން މިހާރަށް މަސައްކަތް ފަށައިގަންނަން ކުރާނެ ކަންތައްތަކާއި، މެދު ރާސްތާގައި ކުރާނެ ކަންތައްތަކާއި، މަސްއޫލުވެރި އިދާރާތަކާއި އިދާރާތަކުން ވަކި ވަކި ކަންކަމަށް ހިއްސާކުރާނެ މިންވަރާއި މިފަދަ އެތައް ކަމެއް ވަނީ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް