ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 18:21
ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން
ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މެމްބަރުންގެ އަދަދަށް އިސްލާހު ގެނައުން
މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ހިފަހައްޓަން ގިނަ މެމްބަރުން ތާއީދު
19 ވަނަ މަޖިލީހުގައި 87 މެމްބަރުން އެބަ ތިއްބެވި
ގާނޫނު އަސާސީގައިވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށްވުރެ އިތުރު ނުވާނެހެން އެ އަދަދު އެ ހަމައިގައި ހިފެހެއްޓުމަށް ތާއީދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 ކަމަށެވެ. އަދި އިންތިޚާބީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅާ އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނާފައެވެ. އެ އިސްލާހަށް ތާއީދުކުރެއްވި މެމްބަރުން ވަނީ އެ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށް ވިދާޅުވެފައެވެ. މިހާރު ޤާނޫނު އަސާސީ އޮތީ ދައުލަތުގެ ޚަރަދު ވަރަށް ބޮޑުވާގޮތަށް ކަމަށާއި އެއީ ދުރު މުސްތަގުބަލަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

އެހެންނަމަވެސް ބައެއް މެމްބަރުން ވަނީ އެ އިސްލާހުގެ ސަބަބުން ރައްޔިތުންގެ އަޑު ކެނޑިގެން ހިނގައިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ދައުލަތުގެ ބާރު ބޮޑުވެ ރައްޔިތުންގެ ބާރު ކުޑަވާ ކަމެއްގެ ގޮތުގައި އެ މެމްބަރުން ވަނީ ސިފަކުރައްވާފައެވެ.

މިހާރު ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ހުންނަން ޖެހެއެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް