ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 06:16
މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުން
މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުން
ރާއްޖެއެމްވީ
ނެޝަނަލް ކްލަބް ޗެސް ޗެމްޕިޔަންޝިޕް
ނެޝަނަލް ކްލަބް ޗެސް ޗެމްޕިޔަންޝިޕްގެ އެއްވަނަ ކްލަބް ސްޓޯން ވޯލްއަށް
މުބާރާތުގެ ހުރިޙާ މެޗެއް ޑިޖިޓަލް އިލެކްޓްރޯނިކް ޗެސް ބޯޑުން ލައިވްކުރި
މުބާރާތުގައި 10 ޓީމަކުން ވާދަކުރި
މިއީ މޯލްޑިވްސް ޗެސް އެސޯސިއޭޝަން އިން އިންތިޒާމް ކޮންގެން ކްލަބުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ޗެސް މުބާރާތް

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ނެޝަނަލް ކްލަބް ޗެސް ޗެމްޕިޔަންޝިޕްގެ އެއްވަނަ ކްލަބް ސްޓޯން ވޯލްއިން ހޯދައިފިއެވެ.

މިއީ މޯލްޑިވްސް ޗެސް އެސޯސިއޭޝަން އިން އިންތިޒާމް ކޮންގެން ކްލަބުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ޗެސް މުބާރާތެވެ. ހުޅުމާލޭގައި ހުންނަ ޗެސް އާކޭޑްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 10 ޓީމެއް ވާދަކުރިއެވެ. ޖުމްލަ 180 މެޗު ކުޅުނު މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވަނީ ޑިޖިޓަލް އިލެކްޓޯރިކް ޗެސް ބޯޑު މެދުވެރިކޮށް ލައިވް ކޮށްފައެވެ.

ވާދަވެރި މި މުބާރާތުގެ އެއްވަނަ ސްޓޯން ވޯލްއިން ހޯދީ ކާސަލް ޗެސް އެންޑް އެކަޑަމީއާ ޕޮއިންޓުގެ ގޮތުން ދެ ޓީމް އެއްވަރުވުމުން ޓައި ބްރޭކްއިން މޯލުވެގެންނެވެ. މުބާރާތުގެ ތިންވަނަ ޓީމަކީ ކްލަބް ޑަބަލް އެއިޓްއެވެ.

މުބާރާތުގެ އެއްވަނަ ޓީމަށް 25,000 ރުފިޔާގެ ފައިސާގެ އިނާމާއި ބަންގަލަދޭޝްގެ ޑާކާގައި މިއަންނަ އޮކްޓޯބަރު މަހު އޮންނަ "ޝޭހް ރަސީލް ގްރޭޑް މާސްޓާރ ޗެސް ޓޯނަމަންޓް" ގައި ވާދަކުރުމުގެ ފުރުސަތު ދީފައިވެއެވެ. އަދި އެއް ހަފްތާގެ ޓްރޭޑް-މާސްޓާސް ޓްރޭނިގެ ފުރުސަތުވެސް ސްޓޯން ވޯލްއަށް ވަނީ އެސޯސިއޭޝަނުން ހޯދަދީފައެވެ. ގްރޭޑް-މާސްޓަރ ޓްރޭއިނިންއަކީ ޗެސްގެ އެންމެ މަތީ ފަންތީގެ ޓްރޭނަރުން ކައިރިން ހޯދާ ތަމްރީތަކެވެ. މީގެ އިތުރުން, މުބާރާތުގެ ދެވަނަ ޓީމަށް 10,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް