ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 22:55
އުރުދުންގެ ވެރިރަށް އައްމާންގައި ވެއްޓިފައިވާ އިމާރާތް
އުރުދުންގެ ވެރިރަށް އައްމާންގައި ވެއްޓިފައިވާ އިމާރާތް
އަލްޖަޒީރާ
އުރުދުންގެ އިމާރާތެއް ވެއްޓުން
އުރުދުންގެ ވެރިރަށް އައްމާންގައި އުސް އިމާރާތެއް ވެއްޓި، އެތައް ބަޔަކު އިމާރާތުގެ ދަށުވެއްޖެ
މިހާދިސާގައި މަރުވި ނުވަތަ އަނިޔާވި މީހުންގެ ތަފްސީލްތައް އަދި ހާމަކޮށްފައެއްނުވޭ

އުރުދުންގެ ވެރިރަށް އައްމާންގައި ހަތަރު ފަންގިފިލާގެ އިމާރާތެއް ވެއްޓި، އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ ބޮޑު އޮފަރޭޝަނެއް ކުރިއަށްއެބަދެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސިފައިންނާއި ސިވިލް ޑިފެންސް މެމްބަރުން ބައިވެރިވަމުންދާއިރު، ބޮޑުވަޒީރާއި ސަރުކާރުގެ އިސްވެރިން ވަނީ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލައްވާފައެވެ.

ވެއްޓުނު އިރާތް ހުރި ސަރަހައްދަކީ އެގައުމުގެ މީހުންނާއި އަދި ބޭރު މީހުންވެސް ގިނައިން ގޮސްއުޅޭ، ކެފޭތަކާއި ބާރތައް ހިމެނޭ، އަދި އާޓިސްޓިކް ކަންކަން ކުރިއަށްދާ ތަންތަން ހުންނަ ހިސާބެއްކަމަށްވެއެވެ.

އިމާރާތް ވެއްޓުމުގެ ހާދިސާގައި މަރުވި އަދި އަނިޔާވި މީހުންގެ ތަފްސީލް ސަރުކާރުން އަދި ހާމަކޮށްފައެއްނުވެއެވެ.

ބޮޑުވަޒީރު ވަނީ، އިމާރާތް ވެއްޓެން ދިމާވި ސަބަބު ބެލުމަށް އައްމާންގެ އިސް ފަރާތްތަކަށް އަންގަވާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް