Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 05:35
ބެންގަލޫރުގެ މަގުތަކުގައި ފެން ބޮޑުވެފައި
ބެންގަލޫރުގެ މަގުތަކުގައި ފެން ބޮޑުވެފައި
ދި ހިންދޫ
ބެންގަލޫރަށް ކުރަމުންދާ ވިއްސާރަ
ބެންގަލޫރުގައި ތިބި ދިވެހިންގެ ހާލު ދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
މިހާތަނަށް ގުޅިފައިވާ ދިވެހިންގެ ހާލު ރަނގަޅު
ހައި ކޮމިޝަނާ މައުލޫމާތު ހިއްދާކުރަމުންދިއުމަށް މިނިސްޓްރީން އެދޭ

ބެންގަލޫރުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެ، އެގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ މީޓްރޮލޮޖިކަލް އިދާރާ އިން ބުނާ ގޮތުންނަމަ އެ ހިސާބަށް ކުރަމުންދާ ވިއްސާރަ އަދި އިތުރު އެއް ދުވަހަށް ދެމިގެންދާނެ ކަމަށެވެ. މިކަމުގެ އަސަރު އެއްވެސް ދިވެއްސަކަށް ކޮށްފައިވޭތޯ ބެލުމަށް މަސައްކަތް ނިއު ދިއްލީގައި ހުރި ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

މިނިސްޓްރީން ބުނީ ހައި ކޮމިޝަނުން މިހާރު މަސައްކަތްކުރަމުންދަނީ އެތަނުގައި ރަޖިސްޓްރީ ވެފައިތިބި ދިވެހިންނާ ގުޅައި، އެމީހުންގެ ހާލަތު އޮޅުންފިލުވުމަށް ކަމަށެވެ. އަދި މި ދަނޑުވަޅުގައި އެ ސަރަހައްދުގައި ތިބި ދިވެހިން ހައި ކޮމިޝަނަށް ގުޅައި، ހާލަތު އޮޅުންފިލުވައިދެމުން ދިއުމަށް ފޮރިން މިނިސްޓްރީން އެދެއެވެ.

މިނިސްޓްރީން ބުނީ މިހާތަނަށް ގުޅިފައިވާ ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ.

ބެންގަލޫރަށް ކުރަމުންދާ ވިއްސާރައިގައި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، ގޭގެއަށްވެސް ދަނީ ފެން ވަންނަމުންނެވެ. އަދި ގޭގޭގައި ހިފާ ގެންގުޅޭ އެތައް އެއްޗަކަށް ދަނި ގެއްލުންލިބެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް