ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 16:42
ނާރު ޝްރިތީއާއި ޖިނާން މަސްވަދީ
ފަލަސްޠީނުގެ ފަންނުވެރި އިހުތިޖާޖު
ޔަހޫދީ އިޒްރޭލުގެ ޣައިރު ޤާނޫނީ އާބާދު ފަލްސަފާއާ ދެކޮޅަށް ފަލަސްތީނުގެ ފަންނުވެރި އިހުތިޖާޖު
ކުރެހުންތައް ކުރަހަނީ ޒިޔާރަތް ކުރާ ފަރާތްތަކަށް ދޭ އަޑުގަދަ މެސެޖެއްގެ ގޮތުގައި
ޤުދުސްގެ ޤަދީމީ ސިޓީއާ ގުޅިފައިވާ ގިނަ ގެތަކެއް ހުސް ކުރުމަށް ޔަހޫދީ އިޒްރޭލުން މިހާރުވެސް ވަނީ އިންޒާރު ނެރެފައި
ޔަހޫދީން އާބާދު ކުރުމަށް އިޒްރޭލުން ހިންގާ މަޝްރޫއުތައް މިހާރުން މިހާރަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އދއިންވެސް ވަނީ އިޒްރޭލު ސަރުކާރަށް އަންގާފައި

ޤުދުސްގެ ސިލްވާންއޭ ކިއުނު އަވަށުގެ ރަށްވެހިން ތާ އަބަދުމެ ދިރިއުޅެމުން ދަނީ ދޮރުގައި ދީފާނެ ޓަތްކެއްގެ ބިރުވެރިކަމުގެ ތެރޭގައެވެ. އެ ޖަހާލާ ޓަކީގެ މާނައަކީ، ބޯހިޔާވަހިކަން ދޫކޮށްލަން ދޭ އިންޒާރު ޗިޓަކަށް ވެފައި އޮންނާތީއެވެ. އެތައް އަހަރެއް ވަންދެން ދިރިއުޅެމުން ދިޔަ ގެ، އެއްވެސް ސަބަބެއް ނެތި، ޔަހޫދީ އިޒްރޭލުންނަށް ދޫކޮށްލަން ޖެހިދާނެ ކަމަށް ސިހިސިހި އޮތް ސިލްވާން އަވަށުން ހިތްވަރުގަދަ ގަދަ 2 ބަޠަލަކު ފާހަގަ ކުރެވުނެވެ. އެ 2 ކުރެހުންތެރިންނަކީވެސް ޢުއްމީދު ފަނޑުވަމުންދާ މި ދަނޑުވަޅުގައި، އެމީހުންގެ ފަންނުވެރިކަމުން ވަޠަނަށް ޚިދުމަތް ކުރަމުންދާ 2 ޒުވާނުންނެވެ.

ޢުއްމީދުގެ ކުލަތަކުން، އަވަށުގެ ވަޒަންވެރިންނަށް ހިސާބެއްގެ ތަސައްލީއެއް ހޯދާދިދިނުމުގެ މަސައްކަތުގައި، މަނާރު ޝްރިތީއާއި ޖިނާން މަސްވަދީ، އެތައް ވަގުތެއް ހޭދަ ކުރެއެވެ. ކުރަހަމުން ދަނީ އެކި ގޮތް ގޮތުން ފަލަސްތީނުގެ ދައުލަތާ ގުޅިފައިވާ ނިޝާންތަކާއި ރަމްޒުތަކެވެ. ޒިޔާރަތް ކުރާ ފަރާތްތަކަށް ދޭ އަޑުގަދަ މެސެޖެއްގެ ގޮތުގައިވެސްމެއެވެ.

އަހަރަމެން ސަމާލުކަން ދެނީ ލޮލުގެ ރީތި ކަމަކަށް ނޫން. ބޭނުންވަނީ، ސިލްވާންއަށް ޒިޔާރަތް ކުރާ މީހުންނަށް މެސެޖެއް ދޭން. މި ލޮލަށް ބަލާ ކޮންމެ މީހެއްގެ ހިތުގައިވެސް ސުވާލުތަކެއް އުފައްދަން ބޭނުން. ކީއްވެ މި ސައިޒަށް ކުރެހީ؟ ކީއްވެ ބިރުވެރި ގޮތެއް ހުންނަނީ؟ އަހަރަމެން ބޭނުންވަނީ މެސެޖެއް ދޭން. އިސްތިއުމާރުން ކުރާ ކަންކަން އަހަރަމެންނަށް އެނގޭކަން އަންގައިދޭން ބޭނުން ވަނީ. އެބައި މީހުން ކުރަނީ ޖިނާއީ ކުށެއްކަން އަހަރަމެންނަށް އެނގޭކަން އަންގައިދޭން ބޭނުންވަނީ. ގިނަ ކުރެހުންތައް ކުރަހާފައި ހުންނަނީ، ގެ ހުސްކޮށް، ސުންނާފަތި ކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާ ގެތަކުގެ ފާރުތަކުގަ. މި ގެއަކީ ސުންނާފަތި ކޮށްލަން އަމުރު ނެރެފައި ވާ ގެއެއްކަން އަންގައިދޭން އަހަރަމެން ބޭނުން ވަނީ
ޖިނާން މަސްވަދީ؛ ފަލަސްތީނުގެ ކުރެހުންތެރިއެއް

އޭގެ އިތުރުން އަވަށު ތެރެއިން ފެންނަމުންދާ ކުލައިގެ މުއްސަނދި ފަރުމާތަކަކީ، އަވަށަށް އިތުރު ދިރުމެއްވެސް ގެނެސްދޭ ކަމަކަށް އޮންނަނީ ވެފައެވެ. ކުޑަކުދިންނަށްވެސް އެކަން ވަރަށް ކަމުދެއެވެ. ވަޒަންވެރިންނަށްވެސްމެއެވެ.

އަހަރަމެންގެ ކުރެހުންތަކުގައި މައިގަނޑު 2 ކަމަކަށް ސަމާލުކަން ދޭނީ. ފުރަތަމަ ކަމަކީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން. އެހެންވެ، މަލާއި ގަސްގަހާގެއްސާއި ދޫނިސޫފާސޫފިތައް ކުރަހަނީ. އަހަރަމެންގެ ކުރެހުންތަކުގައި ފުދޭ ވަރަކަށް ކުލަ ބޭނުން ކުރަނީ ކުޑަކުދިންނަށްޓަކާ. ޔަހޫދީ ވަޒަންވެރިންނާ ހެދި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޮންނަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ.
ޖިނާން މަސްވަދީ؛ ފަލަސްތީނުގެ ކުރެހުންތެރިއެއް

ޤުދުސްގެ ޤަދީމީ ސިޓީއާ ގުޅިފައިވާ ގިނަ ގެތަކެއް ހުސް ކުރުމަށް ޔަހޫދީ އިޒްރޭލުން މިހާރުވެސް ވަނީ އިންޒާރު ނެރެފައެވެ. ސަބަބެއް ކަމަށް އިޒްރޭލުން ބުނަނީ އިމާރާތް ކުރުމުގެ ހުއްދަ ނެތް ތަންތަން ކަމުގައި ވުމެވެ.

ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ދިރިއުޅެމުންދިޔަ ގެތަކުން އެމީހުން ނެރުމަށް އިޒްރޭލުން އަމުރު ނެރެމުން ދަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުން އަންނަ ޔަހޫދީން އާބާދު ކުރުމުގެ މަޝްރޫއުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލަމުން ދަނިކޮށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކަށްވެސް އެކަމުގައި އަމަލީ ގޮތުން ކުރެވުނު މާ ބޮޑު ކަމެއް އޮތް ކަމަކަށް ނުވެއެވެ.

ހުޅަނގު އައްސޭރިއާއި ގުދުސްއަށް ޔަހޫދީ އާބާދުތައް ފަތުރައިގެން، ކޮންޓްރޯލް އިތުރަށް ފުޅާ ކުރުމަށް އިޒްރޭލުން ހިންގަމުންދާ މަޝްރޫއުތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި، ޔަހޫދީން އާބާދު ކުރުމަށް އިޒްރޭލުން ހިންގާ މަޝްރޫއުތައް މިހާރުން މިހާރަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އދއިންވެސް ވަނީ އިޒްރޭލު ސަރުކާރަށް އަންގާފައެވެ. ނަމަވެސް އިޒްރޭލުގެ ޖަރީމާތަކަށް ކުޑަ ނަމަވެސް ބަދަލެއް އައިސްފައިވާތީއެއް ނުފެނެއެވެ.

- ކޮމެންޓް