Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 20:11
ރައީސް މައުމޫން: އިހްޔާ ޕްރޮގްރާމް އޮންނާނީ ޝީ ބިލްޑިންގ ގައި
ރައީސް މައުމޫން: އިހްޔާ ޕްރޮގްރާމް އޮންނާނީ ޝީ ބިލްޑިންގ ގައި
ޓްވިޓަރ
ރައީސް މައުމޫން
މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމް ރޯދަމަހުގެ 27 ވަނަ ވިލޭރޭ ބާއްވަނީ
އިހްޔާ ޖަލްސާ ބާއްވަނީ ޝީ ބިލްޑިންގ ގައި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ "މައުމޫން ފައުންޑޭޝަނުން" ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބާއްވަމުން އަންނަ އިހުޔާ ޕްރޮގްރާމްގެ ތެރެއިން މިއަހަރުވެސް އެޕްރޮގްރާމް ބޭއްވުމުގެ ގޮތުން ރޯދަމަހުގެ 27 ވަނަ ވިލޭ ރޭ އިހްޔާ ޖަލްސާ  ބޭއްވުމަށް ނިންމާފައިވާކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.

ރައީސް މައުމޫން ބޭރުގައި ހުންނެވުމުގެ ސަބަބުން ކުރިން ވަނީ މިއަހަރު އެޕްރޮގްރާމް ނުބޭއްވޭނެކަމަށް ހާމަކޮށްފައެވެ.


ނަމަވެސް މައުމޫން ފައުންޑޭޝަނުން އާދީއްތަ ދުވަހު ބުނެފައިވަނީ އެފައުންޑޭޝަންގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްގައްޔޫމް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެވަޑައިގަތުމާ ގުޅިގެން، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެގޮތުން ފައުންޑޭޝަނުގެ ފަރާތުން ޖަލްސާއެއް ބާއްވާގޮތަށް މިހާރު ހަމަޖައްސަވާފައިވާކަމަށެވެ.

އެފައުންޑޭޝަނުން ބުނީ މި ޖަލްސާ އޮންނާނީ 26 ރަމަޟާން 1438 ވާ ބުދަ ދުވަހުގެރޭ (ރަމަޟާން މަހުގެ 27 ވިލޭރޭ) ޝީ ބިލްޑިންގެ އަސަރީ މާލަމުގައިކަމަށާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 10.00 ގައިކަމަށެވެ.


ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުުގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ އިހުޔާ ޕްރޮގްރާމަކީ ދީނަށް ހޭލުންތެރި ކުރުމުގެ ގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މައުމޫން ފައުންޑޭޝަނުން ބާއްވާ އިހުޔާ ކުރުމުގެ ޕްރޮގްރާމްގައި ކޮންމެ އަހަރަކު ރައީސް މައުމޫންވެސް ވާހަކަފުޅު ދައްކަވައެވެ. ކުރިން އެޕްރޮގްރާމް ބާއްވަމުން އައީ އިސްލާމީ މަރުކަޒުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް