ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 20:35
 މަގުޗާޓު އެކުލަވާލާފައިވަނީ އެކަމައްޓަކައި އެކުލަވާލި ފަންނީ ކޮމިޓީގެ މެންބަރުންނަށް ބޭއްވި ވާރކްޝޮޕްގެ ތެރެއިން
މަގުޗާޓު އެކުލަވާލާފައިވަނީ އެކަމައްޓަކައި އެކުލަވާލި ފަންނީ ކޮމިޓީގެ މެންބަރުންނަށް ބޭއްވި ވާރކްޝޮޕްގެ ތެރެއިން
އޭސީސީ
އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު
އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފި
މަސައްކަތް ކުރާނެ އިދާރާތައް ދެނެގަނެ، އެ އިދާރާތަކުން ކުރާނެ މަސައްކަތްތަކާއި އެކަމަށް ހޭދަވާނެ މުއްދަތު ކަނޑައަޅާފައިވޭ

އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފިއެވެ.

މި މަގުޗާޓު އެކުލަވާލާފައިވަނީ އެކަމައްޓަކައި އެކުލަވާލި ފަންނީ ކޮމިޓީގެ މެންބަރުންނަށް ބޭއްވި ވާރކްޝޮޕްގެ ތެރެއިންނެވެ. 3 ދުވަހުގެ އެ ވާރކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ފަންނީ ކޮމިޓީން ވަނީ އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލައި އެ މަސައްކަތް ކުރާނެ އިދާރާތައް ދެނެގަނެ، އެ އިދާރާތަކުން ކުރާނެ މަސައްކަތްތަކާއި އެކަމަށް ހޭދަވާނެ މުއްދަތު ކަނޑައަޅާފައެވެ.

ވާރކްޝޯޕް ނިންމުމަށް އޭސީސީގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ވާރކްޝޮޕްގައި ބައިވެރިވި ފަންނީ ބޭފުޅުން ކުރައްވާފައިވަނީ ތާރީޚީ މަސައްކަތެއް ކަމަށެވެ. މި ކުރެވުނު މަސައްކަތަކާއެކު މިފަދަ ނިޒާމެއް ކަނޑައެޅުމަށް ދެން ކުރަންޖެހޭ މަސައްކަތްތައް ވެސް ލަސްތަކެއްނުވެ ކޮމިޝަނުން ކުރާނެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނަރަލް ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ވާރކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލްއެވެ. އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމެއް ޤާއިމުކުރުމަށް މިފަށާ މަސައްކަތުގެ ފަހަތުގައިވަނީ ކޮރަޕްޝަނުގެ ސަބަބުން ގެއްލިދާ ފައިސާ އަނބުރާ ހޯދައިދިނުމަށް ނަތީޖާ ނެރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ ހެޔޮ ނިޔަތްކަމަށް އޭސީސީގެ ރައީސް ވަނީ ވިދާޅުވެފައެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަނުގެ ކުށުން ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށް ބޮޑުކަން ދިރާސާތަކުން ހާމަވާކަމަށެވެ. އެގޮތުން އެއީ ކޮންމެވެސް ރަށެއްގައި ސުކޫލެއް، ހޮސްޕިޓަލެއް، ނުވަތަ ބަނދަރެއް އެޅުމަށް ބޭނުންކުރެވިދާނެ ފަދަ ފައިސާގެ އަދަދުތަކެއްކަމަށައި، އެކަމުން އެނގިގެންދަނީ ކޮރަޕްޝަނުގެ ކުށުގެ ގެއްލުމުގެ ބޮޑު މިންވަރުކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި އޭސީސީގެ އިތުރުން މިނިސްޓްރީ އޮފް ފައިނޭންސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ދިވެހި ފުލުހުންގެ ޚިދުމަތް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މަސްލަހަތުވެރިންގެ ގޮތުގައި ބައިވެރިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް