Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 19:35
ރައީސް ނަޝީދުގެ ދެކަނބަލުން ދެއްވި ރޯދަވިއްލުމުގެ ތެރެއިން
ރައީސް ނަޝީދުގެ ދެކަނބަލުން ދެއްވި ރޯދަވިއްލުމުގެ ތެރެއިން
ރާއްޖެ އެމްވީ
ރައީސް ނަޝީދު
އެމްޑީޕީގެ އިސްބޭފުޅުންނަށް ރައީސް ނަޝީދުގެ ދެކަނބަލުން ރޯދަ ވީއްލުމެއް ދެއްވައިފި
މި ރޯދަ ވިއްލުމުގެ ކުރިން ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަ ދެއްކެވި
ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައި
ރޯދަވިއްލުން އޮތީ ހޮޓެލް ޖެންގައި

އެމްޑީޕީގެ އިސް ބޭފުޅުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަންބަލުން މެޑަމް ލައިލާ ޢަލީ ރޯދަވިއްލުމެއް ދެއްވައިފިއެވެ.

މި ރޯދަވީއްލުން އޮތީ ހޮޓެލް ޖެންގައި އާދީއްތަ ދުވަހުއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ މި ރޯދަ ވިއްލުމަކީ ރައީސް ނަޝީދުގެ ދެކަނބަލުން އެމްޑީޕީގެ ޤައުމީ މަޖިލީހާއި އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދެއްވި ރޯދަ ވިއްލުމެއް ކަމަށެވެ.

މިރޯދަވިއްލުމުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރޯދަވިއްލުމުގެ ކުރިން ރައީސް ނަޝީދު ވަނީ ރޯދަވިއްލުމާ ބައިވެރިވި ފަރާތްތަކާ ސްކައިޕް މެދުވެރިކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން މިހާރު ކުރެވެމުންދާ މަސައްކަތާއި ކުރިއަށް ހުރި ކަންކަން އިތުރަށް ވަރުގަދަކޮށް ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކެވިކަމަށް އަނަސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއެކުވެސް ދާދިފަހުން ބައްދަލުވުމެއް ބާއްވަވާފައެވެ. އެބައްދަލުވުމުގައިވެސް ވަނީ އެމްޑީޕީގެ އިސްސަފުގައި ހިމެނިވަޑައިގަންނަވާ، އެހެންނަމަވެސް މިވަގުތު ލަންކާގައި ދިރިއުޅުއްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް