Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 16:12
ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒު ހޯލުގައި ކުރިއަށް ދަނީ
ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒު ހޯލުގައި ކުރިއަށް ދަނީ
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
ޒަކާތުގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ދައްކައިފި
މިހާތަނަށް 52000 މީހުން ވަނީ ޒަކާތް ދައްކާފައި
އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭ
ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ 10:30 އިން މެންދުރު 13:00 އަށް

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 2.2 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ  ބުރާސްފަތި ދުވަހުގެ ނިއަލަށް 52,464 މީހުން ޒަކާތް ދައްކާފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފަރާތްތަކުން ކޮންމެ ދުވަހަކުވެސް ޒަކާތް ދައްކަމުންދާ ކަމަށެެވެ.

އިސްލާމިކް މިނިސްޓްރީއަށް ޒަކާރް ބަލައިގަތުން ހަމަޖެހިފައިވަނީ އިސްލާމިކް މަރުކަޒާއި ހުޅުމާލޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ވިލިމާލެ އާއި އަޔާދީ ތަކާފުލް މެދުވެރިކޮށްގެންނާއި ދިރާގު އެސްއެމްއެންސް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނަން ފެށުމާއެކު، މާލެއިން ގިނަ ބަޔަކު އިސްލާމީ މަރުކަޒު ހޯލަށް ގޮސް ޒަކާތް ދައްކަމުން އަންނަ ކަމަށެވެ. ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ދެވަނަ ވީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގަ އެވެ.

ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.

ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް