ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 15:06
އަސްބާ ވޯކްޝޮޕްގެ ތެރެއިން
އަސްބާ ވޯކްޝޮޕްގެ ތެރެއިން
އަސްބާ
އަސްބާ ވޯކްޝޮޕް
ސިއްހީ ހިދުމަތްތެރިންގެ ތައުރީފު އަސްބާއަށް، އެދެނީ މުޖްތަމައުން މިފަދަ ވޯރކްޝޮޕްތައް އަލުން ބޭއްވުން
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 90 ފަރާތަކުން ބައިވެރިވި

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން "މެންޓަލް ފިޓްނެސް ފޯރ ހައި ޕާރފޯރމާރސް" ގެ ނަމުގައި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ވޯރކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ކުރިޔަށް ގެންދިޔަ ވޯރކްޝޮޕަށް ހޫނު ތަރުހީބަށް ލިބިގެން ދިޔައިރު، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 90 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ދެ ސެޝަންގައި ވެސް، އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް، އެކަންތައްތަކާއި ކުރިމަތިލެވޭނެ އެކި ގޮތްގޮތާއި ބެހޭގޮތުން މައުލޫމާތު ދިނުމަށެވެ. ނަރުހުންނާއި ޑޮކްޓަރުން ވަނީ މި ވޯރކްޝޮޕްގައި، އެ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގެ އިތުރުން އެންމެ ބޮޑަށް ވިސްނާ ފިކުރުކުރާ ކަންތައްތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

Advertisement

ބައިވެރިންގެ ޝުއޫރުތަކަށް ފަހު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަސްބާގެ ފައުންޑަރ އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވަނީ ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވާ، ބައިވެރިންގެ އެދިފައިވާގޮތަށް އެޖަމިއްޔާއިން ކުރިޔަށް އޮތްތަނުގައި އިތުރު ކަންތައްތައް އިންތިޒާމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ، ޖަމިއްޔާއެއްގެ ގޮތުގައި 2018 ވަނަ އަހަރު ރަޖިސްޓަރީ ކުރި ކަމުގައި ވިޔަސް، އޭގެ ކުރިންވެސް ތަފާތު އެކި ނަންނަމުގައި މުޖްތަމައުގައި ހުރި މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތްކުރެއްވިކަމަށެވެ. މާޒީއަށް ނަޒަރު ހިންގައި މިނިސްޓަރު ވަނީ، މުޖްތަމައަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ އަބަދުވެސް ދެކޭ ހުވަފެނެއްކަން ފާހަގަކުރައްވައި، އަސްބާގެ ހިންގެވުމުގައި އެންމެ ކައިރިން މަސައްކަތް ކޮށްދޭ އަސްބާގެ ކޯފައުންޑަރ އަދި މަންމާފުޅު، ޙަދީޖާ އިބްރާހިމްއަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި، އަސްބާގެ މަސައްކަތްތައް ފުޅާކޮށް، ކުރިޔަށް އޮތްތަނުގައި އިތުރު ކަންތައްތައް އިންތިޒާމުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ހުރިހާ ބައިވެރިންވެސް ވަނީ، ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކޮށް މިފަދަ ވޯރކްޝޮޕެއް ބޭއްވީތީ އެސޯސިއޭޝަން ފޯރ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑްއަށް ހާއްސަ ޝުކުރު އަދާކޮށްފައެވެ. މި ވޯރްކްޝޮޕްގައި އަސްބާއާ އެކު ރޯލް ޕްލަސްއިން ވަނީ ބައިވެރިވެފައެވެ. އަސްބާއިން އިންތިޒާމުކުރި މި އިވެންޓްގެ ސެޝަންތައް ނަންގަވައިދެއްވީ ރޯލް ޕްލަސްއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް