މީގެ ދެ ހަފްތާ ކުރިން ރާއްޖެ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ޑީޒާސްޓާ މެނޭޖްމެންޓުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ރަށްތަކުގެ ތރެއިން މަސައްކަތް ނުނި ވަނީ ހަމައެކަނި ފ ނިލަންދޫގައި އެކަނި ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޑިޒާސްޓާ މެނޭޖްމެންޓް ސެންތަރުގެ ޑިރެކްޓަރު ޖެނަރަލް ޝިފީނާޒް ހަސަން ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ތިން ރަށް ކަމަށްވާ ފ، ނިލްންދޫ އައްޑޫ ސިޓީ، ހިތަދޫގެ އިތުރުން ގދ ތިނަދޫގައި ޑިޒާސްޓާ މެނޭޖްމެންޓުން އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީ ހިތަދޫއާއި ގދ ތިނަދޫގައި ގެއްލުން ލިބުނު ހުރިހައި ގަތައް މަރާމާތުކޮށް ނިމިފައިވާ ކަމަށް ޝަފީބާޒް ވިދާޅުވިއެވެ. އަދި ފ ނިލަންދޫގެ މަސައްކަތް ނުނިމި ވަނީ އެ ގަތައް މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ބައެއް ސާމާނު އެ ސަރަހައްދުން ލިބެން ނެތުމުގެ ސަބަބުން ކަމަށް ޝަފީނާޒް ވިދާޅުވިއެވެ.
ޝަފީނާޒް ވިދާޅުވީ ފ ނިލަންދޫގެ މަސައްކަތް ނިންމުމަށްޓަކައި އެރަށް ފޮނުވަން ޖެހޭ ސާމާނުތައް ފޮނުވުމަށްޓަކައި ޑިޒާސްޓާ ސެންޓަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭނުންވާ ތަކެތި ގަތުމަށް ފަހު ނިލަންދޫ ބޯޓަށް އެ ސާމާނުތައް އަރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސާމާނުތައް ފޮނުވުމަށް އެންމެ ބިޑަށް ދަތިވެފައި ވަނީ ނިލަންދޫ އަށް ދަތުރު ކުރުމަށްޓަކައި އެންމެ ބޯޓެއް އޮންނާތީ ކަމަށް ޝަފީނާޒް ވިދާޅުވިއެވެ.
ޝަފީނާޒް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލީ ރިޕޯޓް ރަށްތަށް ވަކިން ނިމިފައިވާ ކަމަށާއި އަދި އެ ރިޕޯޓްތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވާފައިވާ ކަމަށް ޝަފީނާޒް ވިދާޅުވިއެވެ.
އެގޮތުން ވިއްސާރާގައި ގެއްލުން ލިބުނު އާއިލާތަކަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ކަނޑައަޅާފައިވާ އުސޫލްތަކުގެ ދަށުން ފައސާދޭނެ ކަމަށް ޝަފީނާޒް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް އާއިލާއަކަށް ފައިސާގެ އެހީދީފައި ނުވާ ކަމަށް ޝަފީނާޒް ވިދާޅުވިއެވެ.
މީގެއިތުރެން ޝަފީނާޒް ވިދާޅުވީ ވިއްސާރައާގައި ގިނައަދަދެއްގެ އާއިލާތަކަށް ގެއްލުން ލިބުނު ނަމަވެސް މިހާރު އެއްވެސް އާއިލާއެއް ވަގުތީ ހިޔަލުގައި ދިރިއުޅެމުން ނުދާ ކަމަށެވެ. އަދި މިހާރު ހުރިހައި އާއިލާތަށް ވެސް އާންމު ދިރިއުޅުމަށް އައިސްފައިވާ ކަމަށް ޝަފީނާޒް ވިދާޅުވިއެވެ.
މި މަހުގެ ކުރީކޮޅު ރާއްޖެ އަށް ކުރި ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ އާއި ފ ނިލަމންދޫގެ އިތުރުން ގދ ތިނަދޫގެ ގިނަ އަދަދެއްގެ ގޭގެތަކުގެ ފުރށާޅުތައް ވަނީ އެއްލައިގެން ގޮސް ގަސްތަށް ވެއްޓި ބޮޑެތި ގެއްލުންތައް ވެފައިވެއެވެ،