Advertisement
ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 06:40
ވެލާނާގެ - އިދާރާތަކުގައި އިންސާނި ހައްގުތައް ހިމާޔަތްކުރެވޭ މިންވަރު ބެލުމަށް ދިރާސާއެއް ކުރުމަށް ވަނީ ހަމަޖެހިފައި
ވެލާނާގެ - އިދާރާތަކުގައި އިންސާނި ހައްގުތައް ހިމާޔަތްކުރެވޭ މިންވަރު ބެލުމަށް ދިރާސާއެއް ކުރުމަށް ވަނީ ހަމަޖެހިފައި
ރާއްޖެއެމްވީ
އިންސާނީ ހައްގުތަކާއި ގުޅޭ ދިރާސާ
ދައުލަތުގެ އިދާރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭ މިންވަރު ބެލުމަށް މި އަހަރު ދިރާސާ ކުރިއަށްގެންދަނީ
އަންހެނުންގެ ހައްގުތަކާއި ގުޅުންހުރި ދިރާސާއެއް ކުރުމަށް ވަނީ ތައްޔާރުވެފައި
އެޓޯލް މޮނިޓަރިންގެ ދަތުރުތަކުން ފާހަގަކުރެވުނު އެއްކަމަކީ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ދެވޭ ހިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް އެކަށީގެންވާ މިންވަރަކަށް ލިބިފައި ނެތުން

ދައުލަތުގެ އިދާރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭ މިންވަރު ބެލުމަށް މި އަހަރު ދިރާސާ ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަހުމަދު ޔަމާނީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔަމާނީ ވިދާޅުވީ އެޗްއާރުސީއެމުން މިހާރު ކުރިއަށް ގެންދަނީ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދޭނީ ކިހާ މިންވަރަކަށްތޯ ބަލާ ދިރާސާއެއް ކަމަށެވެ. އަދި މި ދިރާސާ އަމާޒުކޮށްފައި ހުރީ އެންމެ ނާޒުކު ގްރޫޕަށް ޚިދުމަތްތައް ލިބެނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ކަމަށާއި، އެގޮތުން ފިޔަވައްޗަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރެވިއްޖެ ކަމަށެވެ. އަދި މި ދިރާސާގައި ޖަލުގައި ތިބޭ ފަރާތްތައް ހިމަނާފައިވާނެ ކަމަށާއި، އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ކޮންކަހަލަ ޚިދުމަތްތަކެއްތޯ އޮތީ ބަލަން ޖަލުތަކަށް ޒިޔާރަތްކޮށްގެން ވެސް މައުލޫމާތު އެއްކުރާނެ ކަމަށެވެ.

Advertisement

އަދި މިކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި ބައްދަލުކޮށްގެން މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާތެރޭގައި މުއައްސަސާތަކަށް ގޮސް ވެސް މައުލޫމާތު އެއްކުރާނެ ކަމަށް ޔަމާނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ އިތުރުން އަންހެނުންގެ ހައްގުތަކާއި ގުޅޭ ޑެސްކް ރިވިއުއެއް ތައްޔާރުކުރެވިއްޖެ ކަމަށާއި، އެއީ އަންނަ އަހަރު އަންހެނުންގެ ހައްޤުތަކާއި ގުޅުންހުރި ދިރާސާއެއް ކުރަންވެގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އެ ދިރާސާއަށް މައުލޫމާތު ފޯމިއުލޭޓްކުރަން ވެގެން ޑެސްކު ރިވިއުއެއް ތައްޔާރުކުރެވިފައިވާ ކަމަށް ޔަމާނީ ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރު ކުރަން ގަސްތުކުރަނީ ވިމަން އެމްޕަވަރމަންޓް އެންޑް ފައިނޭންޝިއަލް އިންޑިޕެންޑެންސާއި ގުޅުންހުރި ދިރާސާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔަމާނީ ވިދާޅުވީ މިއަހަރު ތެރޭގައި، ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ނުވަތަ ދައުލަތުގެ ޕަބްލިކް އިންސްޓިޓިއުޝަންސްތަކުގައި އިންސާނީ ހައްގު ކިހާވަރަކަށް ހިމެނިފައިވޭތޯ ބެލުމަށް ދިރާސާއެއް ކުރިއަށްގެންދާ ކަމަށެވެ. އެކަމަށް ސުވާލުކަރުދާސް އެކުލަވާލެވިފައިވާ ކަމަށާއި، ހުރިހާ އިންސްޓިޓިއުޝަންތަކަށް ޒިޔާރަތްނުކުރެވުނަސް، ސިލެކްޓްކޮށްފައި ވަކިވަކި އިންސްޓިޓިއުޓްތަކަށް ޒިޔާރަތްކޮށް، އެތަންތަނުގައި އިންސާނީ ހިދުމަތް ފޯރުކޮށްދިނުމުގައި ކިހާވަރަކަށްތޯއާއި، އިންސާނީ ހައްގުތަކަށް ރިއާޔަތްކުރަނީ ކިހާވަރަކަށްތޯ އަދި އެތަނުގެ މުވައްޒަފުންނާއި، އަދި އެތަނުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ކިހާވަރަކަށް އިންސާނީ ހައްގުތައް ފޯރުކޮށްދިނުމުގައި އަމަލުކުރަމުންދަނީ ބަލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެޓޯލް މޮނިޓަރިންގެ ދަތުރުތަކުން ފާހަގަކުރެވުނު އެއްކަމަކީ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ދެވޭ ޚިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް އެކަށީގެންވާ މިންވަރަކަށް ލިބިފައި ނެތުން ކަމަށެވެ. އެކަން ފާހަގަވުމާއެކު އެ މައުޟޫއަށް ވެސް ދިރާސާއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ޔަމާނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ދިރާސާއެއްގައި ވެސް ރިކޮމަންޑޭޝަންތައް ހިމަނާފައިވާނެ ކަމަށާއި، އިދާރާތަކުން އެ ރެކޮމެންޑޭޝަންތަކަށް އަމަލުކުރާ މިންވަރު ވެސް ބަލާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް