ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 21:29
މަސްޖިދުއް ނަބަވީ
މަސްޖިދުއް ނަބަވީ
ސޯޝަލްމީޑިއާ
މަސްޖިދުއް ނަބަވީ
މަސްޖިދުއް ނަބަވީގެ ވަށައިގެންވާ ސަރަހައްދުން ބައެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް އިއުލާން ކޮށްފި
ތަރައްގީ ކުރަނީ މަސްޖިދުއް ނަބަވީގެ އިރުމަތީ ސަރަހައްދުން 1.5 މިލިއަން އަކަމީޓަރުގެ ބިމެއް

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ ވަށައިގެންވާ ސަރަހައްދުން ބައެއް، ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް، އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާން ކުރައްވައިފިއެވެ.

"ރުއާ އަލް މަދީނާ" މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ނަބަވީގެ އިރުމަތީ ސަރަހައްދުން 1.5 މިލިއަން އަކަމީޓަރުގެ ބިމެކެވެ. މި ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ނިމޭއިރު، މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރާ މީހުންނަށާއި އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް އަލަށް އިމާރާތްކުރާ ޓޫރިސްޓް ހޮޓާތަކުގައި ޖުމްލަ 47000 ކޮޓަރި ހުންނާނެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 1.5 މިލިއަން އަކަ މީޓަރުގެ ސަރަހައްދުން ގާތްގަނޑަކަށް 63 ޕަސެންޓް އޮންނާނީ ގަސް އިންދާފައިވާ ހާމަ ސަރަހައްދެއްގެ ގޮތުގައެވެ. އޭގެ އިތުރުން އެތެރޭގެ ދަތުރުފަތުރުގައި ބޭނުންކުރާ ބަސްތަކަށް ހާއްސަ ނުވަ ބަސް ސްޓޮޕް ހުންނާނެއެވެ.

ރުއާ އަލް މަދީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެންމެ މުހިންމު އެއް ބަޔަކީ، މަސްޖިދުއް ނަބަވީގެ އިރުމަތީ ފަރާތަށް އިތުރު ކުރާ ބައެވެ. އެބައި ތަރައްގީކޮށް ނިމުމުން، އަހަރެއްގެ ތެރޭގައި އުމްރާ އަށް އަންނަ މީހުންގެ އަދަދު 30 މިލިއަނަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ސައޫދީ ސަރުކާރުން ބުނީ ރުއާ އަލް މަދީނާ މަޝްރޫއު ކުރިއަށް ދާނީ، މަދީނާގެ ސަގާފީ އަދި އާސާރީ އުމްރާނީ ތަރިކަ ރައްކާތެރިކުރެވޭ ގޮތަށް ކަމަށާއި ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ސަހާބީންގެ ޙަޔާތްޕުޅާ ގުޅުން ހުރި ތާރީޚީ ބައެއް ތަކެތި، މި މަޝްރޫއު ފުރިހަމަވާ އިރު، އާންމުންނަށް ފެންނާނެ ގޮތް ހަމަޖެހިގެންދާނެ ކަމަަށެވެ.

- ކޮމެންޓް