Advertisement
ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 21:34
ރައީސް ސާލިހު
ރައީސް ސާލިހު
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް
ކޮންގްރެސް އަށް އައީ ވަރަށް އުންމީދާއި އެކުގައި: ރައީސް
މިއީ އެމްޑީޕީ އިން 2023 އަށް ތައްޔާރުވުމަށް ބާއްވާ ފުރަތަމަ ސިޔާސީ ހަރަކާތްކަމަށް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވަނީ ސިފަކުރައްވާފައި
އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1178 މީހުން

މިރޭ ފެށުނު އެމްޑީޕީގެ ކޮންގްރެސް އަށް ވަޑައިގެންނެވީ ވަރަށް އުންމީދާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަޤާމު ވެސް އަދާކުރައްވަމުންދާ ރައީސް ސާލިހު މިފަދައިން ވިދާޅުވީ ކޮންގްރެސް އާއި މެދު ދެކެވަޑައިގަންނަވާ ގޮތާއި ބެހޭ ގޮތުުން ރާއްޖެ އެމްވީ އިން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. ރައީސް ސާލިހުގެ އިތުރުން ކޮންގްރެސް އަށް ވަޑައިގަތް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވެސް ވަނީ މި ކޮންގްރެސް އާއި މެދު ކުރާ އުންމީދުތައް ވަރަށް ފޮނިކަަމަށް ފާހަގަކުރައްވާފައެވެ. އަދި ބައެއް ބޭފުޅުން ވަނީ މިއީ އެމްޑީޕީ އިން 2023 އަށް ތައްޔާރުވުމަށް ބާއްވާ ފުރަތަމަ ސިޔާސީ ހަރަކާތްކަމަށް ވެސް ސިފަކުރައްވާފައެވެ. އަދި މިއީ ޕާޓީގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލާ، ޕާޓީ އެކުގައި ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1178 މީހުންނެވެ. ކޮންގްރެސްގައި ބައިވެރިވުމުގެ ހައްޤު 1365 މީހުންނަށް ލިބިގެންވެއެވެ. މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ ފަރާތްތައް ބައިވެރިވާނެ ކޮންގްރެސް ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން، ޤައުމީ މަޖިލީޙުގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުން މީގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް